ކުނބުރުދޫ އަށް އުދަ އަރައި، މިސްކިތު ގޯތިތެރެއަށް ލޮނުވަދެއްޖެ

އދ. ކުނބުރުދޫއަށް އުދަ އަރައި، މިސްކިތު ގޯތިތެރެއަށް ލޮނުގަނޑު ދެއްޖެއެވެ. "ދުވަސް"އަށް މައުލޫމާތު ދެއްވަމުން، ކުނބުރުދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީމް ވިދާޅުވީ، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއް...

12 May 2021 | 10:03

އދ. ކުނބުރުދޫއަށް އުދަ އަރައި، މިސްކިތު ގޯތިތެރެއަށް ލޮނުގަނޑު ދެއްޖެއެވެ.

"ދުވަސް"އަށް މައުލޫމާތު ދެއްވަމުން، ކުނބުރުދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީމް ވިދާޅުވީ، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގަ މޫސުން ގޯސްވެ ރަށަށް ވަރަށް ބޮޑަށް އުދަ އަރަމުންދާ ކަަމަށެވެ. އެ ރަށަށް އުދަ އަރަން ފަށާފައިވަނީ ރޭގައި އެވެ.

ނަސީމް ވިދާޅުވީ ބޮޑަށް އުދަ އަރަން ފަށާފައިވަނީ މިއަދު ހެނދުނުން ފެށިގެން ކަމަށެވެ. އެގޮތުން އެ ރަށު ދެކުނު ފަރާތުން ވަރަށް ބޮޑަށް އުދަ އަރައި އެ ރަށު މިސްކިތު ގޯތިތެރެއަށް ފެން ވަދެފައި ވެއެވެ.

މޫސުން ގޯސްވެ ކަނޑު ގަދަ ވުމުގެ ސަބަބުން ފަޅުގައި އަޅާފައިވާ ކުދި ބޮއްކުރާތައް ބަންޑުން ޖަހާލުމުގެ ހާދިސާތައްވެސް ކުރިމަތިވަމުން އަންނަ ކަމަށް ނަސީމް ވިދާޅުވި އެވެ. އުދަ އެރުމުގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ މިހާރު ކައުންސިލުންދަނީ ބަލަމުންނެވެ.

ނަސީމް އިތުރަށް ވިދާޅުވީ އުދަ އަރައި ރަށަށް ގެއްލުން ވަމުންދާތީ އެމްއެންޑީއެފްއަށް އެކަން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެ މައުލޫމާތު އދ. އަތޮޅު ކައުންސިލާއިވެސް ހިއްސާ ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ކުނބުރުދޫ އަކީ ރަށް ގިރުމުގެ މައްސަލަ ވަރަށް ބޮޑުވެފައިވާ ރަށެކެވެ. އެކަން ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައި ވީނަމަވެސް މިހާތަނަށް އެއްވެސް ހައްލެއް ލިބިފައި ނުވާކަމަށް ކުނބުރުދޫ ކައުންސިލުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް