ބޮޑު ހިޔާނާތުގަައި ޝާމިލުވާ މީހުންގެ ލިސްޓު މަޖިލީހުން އާންމުކުރަނީ

ދިވެހިރާއްޖޭގެ ތާރީޚުގައި ހިންގި އެންމެ ބޮޑު ހިޔާނާތް އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ މައްސަލަ ބަލައި ޖުޑިޝަރީ ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ރިޕޯޓާއެކު ލިސްޓް އާން...

12 May 2021 | 07:54

ދިވެހިރާއްޖޭގެ ތާރީޚުގައި ހިންގި އެންމެ ބޮޑު ހިޔާނާތް އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ މައްސަލަ ބަލައި ޖުޑިޝަރީ ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ރިޕޯޓާއެކު ލިސްޓް އާންމުކުރަން މިއަދު ނިންމައިފި އެވެ.

އެނގިފައިވާ ގޮތުގައި އާންމުކުރަން ނިންމާފައިވަނީ މުޅި ލިސްޓާއި ދައުލަތުގެ މަގާމުތަކުގައި ތިބި މީހުންގެ ނަންތައް ހިމެނޭ ލިސްޓް ވަކިންނެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި، އާންމުކުރަން ނިންމި ލިސްޓްގައި ދައުލަތުގެ މަގާމުތަކުގައި ތިބި 119 މީހެއްގެ ނަން އެބަ އޮތެވެ.

އޭގެ ތެރެއިން އައްޔަންކޮށްފައިވާ މަގާމުތަކުގައި ތިބި މީހުން މަގާމުތަކުން ވަކިކުރަން މަސައްކަތް ފެށުމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ. އަދި، އިންތިހާބީ މަގާމުތަކުގައި ތިބި މީހުންނަކީ އަމިއްލައަށް އިސްތިއުފާ ދިނުމުން ނޫން ގޮތަކަށް ވަކިވާނެ ބަޔަކަށް ނުވާތީ، އެފަދަ މީހުންގެ މައްސަލަތައް އަވަސް ކުރުމަށް ކަމާބެހޭ އިދާރާތަކަށް ދެންނެވުމަށް ވެސް ކޮމިޓީން ވަނީ ނިންމާފަ އެވެ.

މަޖިލީހުން މި ލިސްޓު އާންމުކުރަން ނިންމި އިރު، ހިޔާނާތުގެ ފަައިސާ ލިބުނު މީހުންގެ ލިސްޓު ކަމަށް ބުނެ ލިސްޓެއް ވަނީ މީސްމީޑިއާގަައި ލީކޮކޮށްލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް