ރ.އަލިފުށި ސްކޫލް މަލްޓި ޕާޕަސް ހޯލް އިމާރާތުގެ ނުނިމިހުރި މަސައްކަތް ކުރުމަށް ނާސާ ލިންކް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ކުންފުންޏާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ މިއަދު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.
މި އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަޙުމަދު ރިޔާޒެވެ. ނާސާ ލިންކް ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ އަބްދުއް ރަޙްމާނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 330 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މަސައްކަތް ނާސާ ލިންކާއި ހަވާލުކޮށްފައިވަނީ 6.6 މިލިއަން ރުފިޔާ އަށެވެ.
އެ މިނިސްޓްރީން އުންމީދު ކުރަނީ 2022 ވަނަ އަހަރު އޭޕްރީލް މަހުގައި މިމަސައްކަތް މުޅިން ނިންމައި އެޑިއުކޭޝަނާއި ހަވާލު ކުރާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް