ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ ޔެލޯ އެލާޓު ނެރެފި އެވެ.
މޫސުމާއި ގައުމީ އިދާރާއިން މިއަދު ބުނީ ހއ. އަތޮޅުން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ.
އާންމުގޮތެއްގައި އެ ސަރަހައްދުތަކުގެ ރަށްތަކަށް 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެ އެވެ. އަދި ވިލާގަނޑުގައި 55 މޭލަށް ވައިގަދަވާނެ ކަމަށް ބުނެ އެވެ.
ރެއިން ފެށިގެން މި ސަރަހައްދުތަކުގެ އަތޮޅުތަކަށް މެޓް އޮފީހުން ނެރެފައިވާ ރީނދޫ އެލާޓުގެ މުއްދަތު އިތުރު ކުރަމުން ދާއިރު އެންމެ ފަހުން ނެރެފައިވާ އެލާތުގެ މުއްދަތު ހަމަވާނީ މެންދުރު ފަހު 3:00 އަށެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ކަނޑުތައް ގަދަވާނެ ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދަ އެރުމުގެ ފުރުސްަތު ބޮޑު ކަމަށް ބުނެ އެވެ.
މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް