ހަށިގަނޑު ބޮޑުކޮށް ތިބޭކުދިންގެ ފޮޓޯ ޝޫޓަށް މީހުން ވަރަށް ފުރައްސާރަކުރި: ރިޒް

ހަށިގަނޑު ބޮޑުކޮށް ތިބޭކުދިންގެ ފޮޓޯ ޝޫޓަށް މީހުން ވަރަށް ފުރައްސާރަކުރި ކަމަށް، 'ބިގް ގާލް' ޕްރޮޖެކްޓާ ބެހޭގޮތުން ވާހަކަ ދައްކަމުން މަޝްހޫރު މޭކަޕް އާޓިސްޓް ރިޒްނާ އަހުމަދު (ރިޒް) ބުނެފިއެވެ. 'ރީލް ޓ...

12 May 2021 | 07:19

ހަށިގަނޑު ބޮޑުކޮށް ތިބޭކުދިންގެ ފޮޓޯ ޝޫޓަށް މީހުން ވަރަށް ފުރައްސާރަކުރި ކަމަށް، 'ބިގް ގާލް' ޕްރޮޖެކްޓާ ބެހޭގޮތުން ވާހަކަ ދައްކަމުން މަޝްހޫރު މޭކަޕް އާޓިސްޓް ރިޒްނާ އަހުމަދު (ރިޒް) ބުނެފިއެވެ.

'ރީލް ޓު ރީލް' ގައި ހޯސްޓް ނިއުމާ ރިޒްގެ އެކި ކަންކަމާ ބެހޭގޮތުން ސުވާލު ކުރަމުން ގޮސް، ރިޒް ކުރިން ކޮށްފައިވާ މަސައްކަތެއް ކަމަށްވާ 'ބިގް ގާލް' ޕްރޮޖެކްޓާ ބެހޭގޮތުން ސުވާލު ުރެއެވެ.

ރިޒް ބުނީ، އެއީ ވަރަށް ކުރަން ބޭނުންވެގެން ކުރި މަސައްކަތެއް ކަމަށެވެ. ނަމަވެސް އެވަރުގެ ޕްރޮޖެކްޓަކަށް ޝައުގުވެރިކަން ފާޅުކުރީވެސް، އޭރު ތިބި ފޮޓޯގްރާފަރުންގެ ތެރެއިން ދެ ފޮޓޯގްރާފަރުންކަން ރިޒް ފާހަގަކޮށްލިއެވެ.

"ފަލަ ކުދިންވީމަ އެއްވެސް މީހަކު ބޭނުމެއް ނުވޭ އެކުދިން ގްލެމަރައިޒް ކޮށްގެން ޝޫޓެއް ނަގާކަށް." އެ ޕްރޮޖެކްޓުން ފާހަގަވި ކަންކަން ހިއްސާކުރަމުން ރިޒް ބުނެއެވެ.

" އެކުދިންވެސް އެ ކުދިންގެ ކޮންފިޑެންސް ބިލްޑްކުރަން އެބަޖެހޭ ނުކުމެލަން. " އެއީ އެގޮތަށް ވިސްނާފައި، އެހެން ކުއްޖެއްގެ ޚިޔާލާއިވެސް އެކުގައި ފެށި ޕްރޮޖެކްޓެއް ކަމަށް ރިޒް ފާހަގަކުރިއެވެ.

ޒަމާން ބަދަލުވެއްޖޭ، މީހުން 'އެކްސެޕްޓް' ކުރާނޭ ހިތައި އެ ޕްރޮޖެކްޓް ކުރިއަށް ގެންދިޔަ ނަމަވެސް، ކަން ހިނގީ ރިޒް ހީކުރި ގޮތަކަށް ނޫނެވެ.

" ފޮޓޯތައްވެސް ވަރަށް ރީތި. ވަރަށް ގްލެމަރައިޒް. އެކުދިންވެސް ވަރަށް ރީތި. އެންމެން ވަރަށް އުފާވެފައި ތިބީ" އެހެން ނަމަވެސް 'އެއްކަލަ ކޮމެންޓްތައް' އަންނަން ފެށިއެވެ.

އެކުދިންނާ ދިމާލަށް ހަޑިހުތުރު ބަހުން އެއްޗެހި ބުނެ، ދިމާކޮށް ބުލީކޮށްހެދި ކަމަށް ރިޒް ބުންޏެވެ. ދިމާކުރުމުގައި މީހުން ވަރަށް ދަށު ދަރަޖައަކަށް ގޮސްފައި ތިބިކަން ރިޒް ފާހަގަކުރިއެވެ.

"އެކަމަކު މި ޒަމާނުގައި މިކިޔަނީ ބުލީ ނުކުރާށޭ، މިވަނި ކަމެކޭ. އެކްސެޕްޓް ކުރާށޭ" ރިޒް ބުނީ، މީހުން ލިޔެފާނެ އެއްޗެހި ކަމަށް ގަބޫލުވެސް ނުކުރެވޭ ކަމަށާއި، ކިޔަވައިގެން ތިބި ކުދިންވެސް އެފަދަ ކޮމެންޓްތައް ކޮށްފައި ވާ ކަމށެވެ.

ނަމަވެސް އެކަން ބަލައިގަންނަ މީހުންވެސް ތިބިކަން ފާހަގަ ކުރަމުން ރިޒް ބުނީ، އެހިސާބުން އެފަދަ ކަމެއް ކުރުމުން އުފާވާކަމަށް އެކި ކޮމްޕެނީތަކުންވެސް ހާމަކުރިކަމަށް ރިޒް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް