ޕީޖީ ޝަމީމް ވިދާޅުވަނީ އެމްއެމްޕީއާރުސީގެ ފައިސާއެއް ލިބިފައި ނުވާ ކަމަށް!

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިވަޑައިގެންފައި ނުވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ. ޝަމީމް މިހެން ވިދާޅުވެފައިވަނީ ހިޔާނާތުގެ ފައިސާ ޝަމީމަށް ލިބިފައިވާ...

12 May 2021 | 00:27

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިވަޑައިގެންފައި ނުވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިހެން ވިދާޅުވެފައިވަނީ ހިޔާނާތުގެ ފައިސާ ޝަމީމަށް ލިބިފައިވާ ކަމަށް ބުނެ އޮންލައިން ނޫހެއްގައި ޝާއިރުކޮށްފައިވާ ހަބަރަކާ ގުޅިގެންނެވެ.

ޕީޖީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ގާތް ގުޅުމެއް އޮންނަ މުހައްމަދު އައްލާމް ލަތީފް (މޮހޯ)ގެ ފަރާތުން ވެސް އަދި އެމްއެމްޕީއާރްސީގައި މަސައްކަތް ކުރި އެއްވެސް މީހެއްގެ ފަރާތުން އޭނާ އަށް ފައިސާތަކެއް ލިބިފައި ނުވާ ކަމަށެވެ.

ޕީޖީ މިހެން ވިދާޅުވިއިރު ތަހުގީގީ އިދާރާތަކުން މިދިޔަ ހަފްތާގައި ވަނީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ހިމެނޭ މީހުންގެ ލިސްޓު މަޖިލީހަށް ފޮނުވާފައެވެ. އެގޮތުން އެ ލިސްޓު މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ އަދި ޖުޑީޝިއަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން އަންނަނީ ދިރާސާ ކުރަމުންނެވެ.

https://twitter.com/HuShameem/status/1392186675996946432?

އެ ލިސްޓުގައި އެ ހިޔާނާތުގެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރެއިން ސަލާމަތީ ހިދުމަތްތަކުގައްޔާއި، ޝަރުއީ ދާއިރާ އާއި، މިނިވަން މުއައްސަސާތަކުގައި ކުރީގެ މަސައްކަތް ކުރައްވާ އަދި މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތްތަކާއި، މަޖިލީހުގެ ކުރީގެ އަދި މިހާރުގެ މެމްބަރުކަމުގެ މަގާމުގައި ތިއްބެވި ފަރާތްތައް ހިމެނޭ ކަމަށް މަޖިލީހުން ބުނެއެވެ.

މީގެއިތުރުން ދައުލަތުގެ ސްޓޭޓް މިނިސްޓަރުކަމާއި، މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅުންނާއި އަދި މިހާރުވެސް އެ މަގާމުތައް ފުރުއްވަމުން ގެންދަވާ ބޭފުޅުންގެ ނަންތައް ވެސް ހިމެނޭ ކަމަށް މަޖިލީހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް