މޫސުން ގޯސް ވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު!

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ. މޫސުމާބެހޭ ގައުމީ އިދާރާއިން ކުރި އިއުލާނެއްގައި ބުނީ، ހއ. އަތޮޅުން ފެށިގެން، އައްޑޫ ސިޓީއަށް ރޭ މެންދަމުން ފެށިގެން މިއަދު ހެދު...

12 May 2021 | 00:01

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ކުރި އިއުލާނެއްގައި ބުނީ، ހއ. އަތޮޅުން ފެށިގެން، އައްޑޫ ސިޓީއަށް ރޭ މެންދަމުން ފެށިގެން މިއަދު ހެދުނު 09:00 މޫސުން ގޯސްވާނެ ކަމަށް ލަފާކުރާ ކަމަށެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ މި ވަގުތު ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވހެި ގުގުރައި ވިދުން އެކަށީގެންވާ ކަމަށެވެ.

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ބުނެއެވެ.

އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ އަދި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށްވެސް މޫސުމާއި ބެހޭ އިދާރާއިން ވަނީ ބުނެފައެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް