އައު އަލްބަމެއް މި މަހު ނެރޭނަން: ޝަކީރާ

މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާގެ އައު މިއުޒިކް އަލްބަމެއް މި މަސްތެރޭގައި ރިލީޒްކުރާނެ ކަމުގައި ޝަކީރާ ހާމަކޮށްފި އެވެ. ޝަކީރާ މިކަން ހާމަކޮށްފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ. ޝަކީރާގެ އައު އަލްބަމ...

12 May 2017 | 12:30

މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާގެ އައު މިއުޒިކް އަލްބަމެއް މި މަސްތެރޭގައި ރިލީޒްކުރާނެ ކަމުގައި ޝަކީރާ ހާމަކޮށްފި އެވެ.

ޝަކީރާ މިކަން ހާމަކޮށްފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ. ޝަކީރާގެ އައު އަލްބަމަށް ކިޔާ ނަމަކީ "އެލް ޑޮރާޑޯ" އެވެ. މި އަލްބަމް މި މަސްތެރޭގައި ރިލީޒް ކުރާނޭކަން ޝަކީރާ ހާމަކޮށްފައިވާއިރު މި އަލްބަމްގެ ވީޑިއޯ ލަވައެއް މިދިޔަ އަހަރު ޝަކީރާ ވަނީ އާއްމު ކޮށްފަ އެވެ. އެ ލަވައަކީޝަކީރާ އަދި މަލޫމާގެ ނެށުންތަކަކާއެކު ހުށަހަޅާދީފައިވާ ޗަންޓާޖޭ އެވެ. ޗަންޓާޖޭގެ މާނައަކީ ބްލެކްމެއިލް އެވެ.

ޝަކިރާ އެންމެ ފަހުން ނެރުނު އަލްބަމަކީ 2014 ވަނަ އަހަރުގަ އެވެ. އެ އަލްބަމްގެ ނަމަކީ "ޝަކީރާ" އެވެ. މިހާތަނަށް 10 އަލްބަމް ޝަކީރާ ނެރެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް