ސައުދީ ރައްޔިތަކަށް ލިބުނު ދަރިއަކަށް، ޓްރަމްޕްގެ ދަރީގެ ނަމުން ނަންދީފި

ސައުދީ ރައްޔިތަކަށް ލިބުނު އަންހެން ދަރިއަކަށް، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އަންހެން ދަރި، އިވަންކާ ގެ ނަމުން ނަންދީފި އެވެ. އެ ކުއްޖާގެ އުފަންދުވަހުގެ ސެޓްފިކެޓްގެ ފޮޓޯއެއް ސޯޝަލް މީޑިއާގައ...

12 May 2017 | 12:14

ސައުދީ ރައްޔިތަކަށް ލިބުނު އަންހެން ދަރިއަކަށް، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އަންހެން ދަރި، އިވަންކާ ގެ ނަމުން ނަންދީފި އެވެ.

އެ ކުއްޖާގެ އުފަންދުވަހުގެ ސެޓްފިކެޓްގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު އެ ކުއްޖާގެ ބައްޕަ ސަލީމް އަލް އީނަޒީ ބުނެފައިވަނީ އެ ނަން ދަރިފުޅަށް ކިޔާފައިވަނީ ވަރަށް ވަރުގަދަ މަގްސަދެއްގައި ކަމަށެވެ.

"ރަހުމަތްތެރިންތަކެއް މަޝްވަރާ ކުރަމުން ދިޔައީ އެމެރިކާއާއި ސައުދީގެ ގުޅުން ވަރުގަދަ ކުރާނެ ގޮތްތަކާއި މެދު އެހެންވެ ހިތަށް އެރީ ދަރިފުޅަށް އިވަންކާ ކިޔަން" ސަލީމް ބުނެފައި ވެ އެވެ.

ސަލީމް އިތުރަށް ބުނެފައިވަނީ ހޮސްޕިޓަލުން ދިން ސެޓްފިކެޓްގައި އެ ނަން އޮތް ނަމަވެސް ރަސްމީ ސިފައެއްގައި އެ ނަން ފާސްވާނެ ކަމަށް ނުބެލެވޭ ކަމަށެވެ. އަދި އެ ނަން ފާސް ނުވެއްޖެ ނަމަ ދަރިއަށް ކިޔާނީ "ލާމާ" ކަމުގައި ސަލީމް ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް