އުފަން ވީއްސުރެ 14 އަހަރުވާންދެން ގޭގައި ބަންދުކޮށްގެން ގެންގުޅުނު އިޒްރޭލު ކުއްޖަކު ސަލާމަތް ކޮށްފި އެވެ. މި ކުއްޖާ ސަލާމަތް ކޮށްފައިވަނީ އިޒްރޭލު ފުލުހުންނެވެ.
އަރަބި ބައެއް ނޫސްތަކުގައިވާގޮތުން އިޒްރޭލުގެ އުތުރުގެ ހަދޭރާ ޓައުނުން މި ކުއްޖާ ސަލާމަތް ކޮށްފައިވަނީ މީހަކު އެކަން ފުލުހުންނަށް ރިޕޯޓް ކުރުމުންނެވެ. މި މައްސަލައިގާ އެ ކުއްޖާގެ މަންމައާއި ބައްޕަ ހައްޔަރުކޮށްފައިވާއިރު އެ ކުއްޖާ މިހާރު ވަނީ ސޯޝަލް ސާވިސްއާއި ހަވާލުކޮށްފަ އެވެ.
އެ ކުއްޖާގެ ވާހަކަ ފުލުހުންނަށް ރިޕޯޓްކުރީ ޗިކޯ ވަކްނިން ކިޔާ އަވަށްޓެރިއެކެވެ. އޭނާ ބުނެފައިވަނީ އެ ކުއްޖާ ފެނުނީ ކުޑަދޮރަކުން ކަމަށާއި އެ ކުއްޖާ ފެނުމުން ސިފަވީ ބިރުވެރި ފިލްމެއްގެ މަންޒަރެއް ކަމަށެވެ. އަދި އެކުއްޖާގެ ލޯވެސް އެހީތެރިކަމަށް އެދޭކަން ހާމަވާކަމަށް ވަކްނިން ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް