އެސްޓީއޯއަށް ޓަގް ބޯޓަކާއި ބާޖެއް ގެންނަން ކުންފުންޏަކާއި ހަވާލުކޮށްފި

އެސްޓީއޯއަށް ޓަގް ބޯޓަކާއި ބާޖެއް ސަޕްލައި ކޮށްދިނުމުގެ އެއްބަސްވުމެއްގައި ސްރީލަންކާގެ ކޮލަމްބޯ ޑޮކްޔާޑް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ އާއި އެކު އެ ކުންފުނިން ސޮއިކޮށްފި އެވެ. އެސްޓީއޯގެ ފަރާތުން މި އެއ...

12 May 2015 | 14:51

އެސްޓީއޯއަށް ޓަގް ބޯޓަކާއި ބާޖެއް ސަޕްލައި ކޮށްދިނުމުގެ އެއްބަސްވުމެއްގައި ސްރީލަންކާގެ ކޮލަމްބޯ ޑޮކްޔާޑް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ އާއި އެކު އެ ކުންފުނިން ސޮއިކޮށްފި އެވެ.

އެސްޓީއޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ޝަހީރެވެ. ކޮލަމްބޯ ޑޮކްޔާޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރު ރަނިލް ވިޖޭގުނަވަރުދަނާއެވެ.

އެއްބަސްމުގައި ސޮއިކުރުމަށް މިއަދު އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ޝަހީރު ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގެ ދަށުން ގެނެވޭ އުޅަނދުތަކުގެގެ ސަބަބުން އެސްޓީއޯގެ ވިޔަފާރީގެ އޮޕަރޭޝަންތަކަށް ހަލުވިކަން އައިސް ވިޔަފާރި އަށް ކުރިއެރުން ލިބިގެންދާނެއެވެ.

އަދި އެއްބަސްވުމުގެ ޝެޑިއުލްއާ އެއްގޮތަށް އުޅަނދުތައް އެސްޓީއޯއަށް ފޯރުކޮށްދިނުމަށް ކޮލަމްބޯ ޑޮކްޔާޑްގެ ފަރާތުން އެންމެހައި ތައްޔާރީތައް ވެފައިވާކަން ވިޖޭގުނަވަރުދަނާ ފާހަގަކުރެއްވިއެވެ. އަދި އެއްބަސްވެފައިވާ މުއްދަތުގެ ތެރޭގައި ވެސެލްތައް ފޯރުކޮށްދެވޭނެކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް