ބަޖެޓު ސަޕޯޓަށް ސައުދީން 20 މިލިއަން ޑޮލަރު ދީފި

ބަޖެޓު ސަޕޯޓުގެ ގޮތުގައި ސައުދީ އަރަބިއްޔާއިން ރާއްޖެއަށް 20 މިލިޔަން ޑޮލަރު ދީފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ. ފިޝަރީޒް މިނިސްޓަރު ޑރ.މުހައްމަދު ޝައިނީ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދ...

12 May 2015 | 10:02

ބަޖެޓު ސަޕޯޓުގެ ގޮތުގައި ސައުދީ އަރަބިއްޔާއިން ރާއްޖެއަށް 20 މިލިޔަން ޑޮލަރު ދީފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ފިޝަރީޒް މިނިސްޓަރު ޑރ.މުހައްމަދު ޝައިނީ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދާދި ފަހުން ރައީސް އަބުދުﷲ ޔާމީން ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގެ ނަތީޖާ ހާސިލުވާން ފަށާފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ސައުދީ ރަސްގެފާނު ދެއްވާނެ ކަމަށް ވިދާޅުވި އެ އެހީ ރާޢްޖެއަށް ލިބިފައިވަނީ މިދިޔަ ހަފްތާގެ ފަހުކޮޅުގައި ކަމަށެވެ.

https://twitter.com/mshainee/status/597834633636515840

ރައީސް ޔާމީން ސައުދީއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ.

ރަސްގެފާނު ސަލްމާންގެ ދައުވަތަކަށް ރައީސް ޔާމީން ސައުދީ އަށް ކުރެއްވި ދަތުރުފުޅުގައި، ސައުދީ ސަރުކާރުން ވަނީ ރާއްޖެ އަށް ގިނަ އެހީތަކެއް ދޭން އެއްބަސްވެފަ އެވެ. އޭގެ ތޭރޭގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގެ ބައެއް މަސައްކަތްތަކާއި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން ހިންގުމަށް ރާވާފައިވާ ބައެއް މަޝްރޫއުތައް ހިމެނެ އެވެ.

އަދި ހައްޖު ކޯޓާ 2000 އަށް އިތުރުކޮށްދިނުމާއި ރާއްޖެއަށް ދެމުން ގެންދާ މަތީ ތައުލީމުގެ ފުރުސަތުތައް އިތުރުކޮށްދޭން ވަނީ ނިންމާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް