ކުޑަކުދިންގެ ބަގީޗާގައި އޮންނަ ކިނބޫ އެހެން ތަނަކަށް ގެންގޮސްފި

ކުޑަކުދިންގެ ބަގީޗާގައި އޮންނަ ކިނބޫ އެހެން ތަނަކަށް ބަދަލުކޮށްފި އެވެ. އެމްއެންޑީއެފުން ވަނީ ކިނބޫ އެހެން ތަނަކަށް ބަދަލު ކުރިކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެއީ ކީއްވެ ކަމެއް އަދި ބަދަލު ކުރީ ...

12 May 2015 | 09:45

ކުޑަކުދިންގެ ބަގީޗާގައި އޮންނަ ކިނބޫ އެހެން ތަނަކަށް ބަދަލުކޮށްފި އެވެ.

އެމްއެންޑީއެފުން ވަނީ ކިނބޫ އެހެން ތަނަކަށް ބަދަލު ކުރިކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެއީ ކީއްވެ ކަމެއް އަދި ބަދަލު ކުރީ ކޮންތަނަކަށް ކަމެއް ހާމައެއް ނުކުރެ އެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ ކިނބޫ މިހާރުވެސް އޮތީ އެ އިދާރާގެ ބެލުމުގެ ދަށުގައި ކަމަށެވެ.

ކުޑަކުދިންގެ ބަގީޗާގައި ކިނބޫ ބާއްވާފައި އޮންނަ ކޮށިން ކިނބޫ ނަގާފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އިއްޔެއިން ފެށިގެން ކިނބޫ އެހެން ތަނަކަށް ބަދަލުކޮށްފައިވަނީ ކިނބޫ އޮންނަ ކޮށްޓާއި ބަގީޗާގެ މަރާމާތު ކުރުމުގެ ގޮތުންނެވެ.

ކުޑަކުދިންގެ ބަގީޗާއަށް މި ކިނބޫ ގެނެސްފައިވަނީ މީގެ 17 އަހަރު ކުރިންނެވެ. އޭރު ކިނބުލުގެ ދިގުމިނަކީ ހަތަރު ފޫޓެވެ. ނަމަވެސް މިހާރު އެ ކިނބޫ 8 ފޫޓަށް ވުރެ ދިގު ކަމަށް މައުލޫމާތު ލިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް