ނޭޕާލަށް އަނެއްކާވެސް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.
މިއަދު މެންދުރު 12:05 ހާއިރު އައި އެ ބިންހެލުން އައިސްފައިވަނީ 7.4 މެގްނިޓިއުޑްގެ ބާރު މިނުގަ އެވެ. ބިން ހެލުން އައިސްފައިވަނީ ނަމްޗެ ބާޒާރު ސަރަަހައްދަށެވެ. އެއީ ދުނިޔޭގެ އެންމެ އުސް ފަރުބަދަ، މައުންޓް އެވެރެސްޓް ހިމެނޭ ސަރަހައްދެވެ. ބިންހެލުމާއި ގުޅިގެން ބައެއް އިމާރާތްތައް ވެއްޓިފައިވާ ކަމުގެ ރިޕޯޓުތައް ދަނީ ލިބެމުންނެވެ.
އެ ބިން ހެލުމާއި ގުޅިގެން ނޭޕާލްގެ އިތުރުން އަވައްޓެރި ގައުމުތަކަށް ލޮޅުންތަށް އަންނަމުން ދާއިރު އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ އިންޑިއާ އަށެވެ.
މިދިޔަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުގެ ހެނދުނު ނޭޕާލްއަށް ރިކްޓަ މިންގަނޑުން 7.8 ގެ ބާރުމިނުގައި އައި ބިންހެލުމާއި ގުޅިގެން 8،046 މީހަކު މަރުވެ، 17،800 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ.
އޭގެ ފަހުންވެސްވަ ވަނީ ކުދި ކުދި ލޮޅުންތަށް އަރާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް