ވ. ރަކީދޫގައި މަރާލާފައި އޮއްވާ ފެނުނު އުމުރުން ތިން އަހަރުގެ މުހައްމަދު އިބުތިހާލަށް ޖިންސީ ގޯނާކޮށް ޖިސްމާނީ އަނިޔާ ކުރި މައްސަލާގައި އިބްތިހާލުގެ ދޮންކާފަގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
މ. ދިއްގަރު ބަށިމާގެ، އިސްމާއިލް ރައޫފްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ފުލުހުން ބުނީ އިބްތިހާލަށް އެކި މަރުހަލާތަކުގައި ޖިންސީ އަނިޔާއާއި، ނަފްސާނީ އަނިޔާ ކޮށްފައިވާ ކަމަށާއި އިބްތިހާލަށް ރައޫފް ޖިންސީ އަނިޔާކޮށްފައިވަނީ އިބްތިހާލްގެ މާމަގެ ކައިރީގައި ހުރިއިރު ކަމަށެވެ.
މި މައްސަލާގައި އިސްމާއީލު ރައޫފު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް، އޭނާގެ ބަންދަށް ތިންވަނަ ފަހަރަށް ވަނީ މި މަހުގެ ދެ ވަނަ ދުވަހު 15 ދުވަސް ޖަހާފަ އެވެ. ރައޫފަކީ މީގެ ކުރިންވެސް ދޮން ދަރިއަކަށް އަނިޔާކޮށްގެން ހުކުމެއް ތަންފީޒުކޮށްފައިވާ މީހެކެވެ.
އަމިއްލަ ދަރިއަކާއި ދޮންދަރިއަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ރައުފޫގެ މައްޗަށް ދައުވާ ކުރުމަށްވެސް ޕީޖީއަށް މީގެ ކުރިންވެސް ފޮނުވާފައިވެ އެވެ.
އިބްތިހާލު މަރުވުމުގެ ކުރިން އިބްތިހާލްގެ މަންމަ އާފިޔާ ވެސް އޭނާއަށް ސީރިއަސް އަނިޔާތަކެއް ކުރި ކަމަށް އޭނާ ވަނީ ތަހުގީގުގައި އެއްބަސްވެފަ އެވެ.
އިބްތިހާލް މަރުވީ މިއަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ވ. ރަކީދޫގައި އޭނާގެ މަންމަ އަނިޔާކުރި ފަހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް