ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް އާދިއްތަ ދުވަހު ތާޖުއްދީން ސްކޫލްގައި ހިންގި ހަރަކާތެއްގެ ތެރެއިން ވެއްޓި މައިބަދަ ބިންދައިގެން ދިޔަ ދަރިވަރު އިންޑިއާއަށް ފޮނުވާލައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ހާދިސާގައި ދަރިވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާކަމަށެވެ. އެހެންވެ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ އިންތިޒާމްތައް މިނިސްޓްރީން ބައިވެރިވެގެން ކޮށްފައިވާނެ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ އެ މަސައްކަތުގެ ދަށުން އެ ކުއްޖާގެ ބޭސް ފަރުވާގެ ކަންކަން އާސަންދައިގެ ދަށުން ހަމަޖައްސާ މިއަދު ހެނދުނު މޯލްޑިވިއަންގެ ފްލައިޓަކުން އިންޑިއާގެ ޗެންނާއީއަށް ފޮނުވާލާފައިވާ ކަމަށެވެ.
އަދި އިއްޔެ އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު ޝިހާމް އެ ދަރިވާރާއި ދަރިވަރުގެ އާއިލާއާއި ބައްދަލު ކުރެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ. މިނިސްޓްރީން ބުނީ އެ ހާދިސާ އާއި ގުޅިގެން ހުރިހާ ކަމެއްގެ އިންތިޒާމްތައް ހަމަޖައްސައި ކުރިޔަށް ދާގޮތް އެޑިއުކޭޝަނުން ވަރަށް ގާތުން ބަލަމުން ދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް