މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް އަންނަ މަހު ރާއްޖެ ވަޑައިގަންނަވަނީ

ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔެއް ކަމަށްވާ ޒިމްބާބްވޭގެ މުފްތީ އިސްމާއިލް ބުން މޫސާ މެންކް އަންނަ މަހު ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިއްޖެ އެވެ. އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި އޭނާ ރާއްޖެ...

12 May 2015 | 05:22

ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔެއް ކަމަށްވާ ޒިމްބާބްވޭގެ މުފްތީ އިސްމާއިލް ބުން މޫސާ މެންކް އަންނަ މަހު ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި އޭނާ ރާއްޖެ ވަޑައިގެންނަވަނީ އެ މިނިސްޓްރީން ކުރިޔަށް ގެންދާ 'ދަ މެސެންޖާ" ޕްރޮގްރާމްގެ ދަށުން ދަރުސް ދެއްވުމަށެވެ. އެގޮތުން އަންނަ މަހު 15ގައި މެންކް ދަރުސް ދެއްވުން މާލޭގައި އޮންނާނެ ކަމަށެވެ.

ރާއްޖޭގައި ވެސް ބޮޑު މަގުބޫލްކަމެއް ހޯއްދަވާފައިވާ މެންކް ވަނީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިންވެސް ރާޢްޖެ ވަޑައިގެން ދަރުސްއެއް ދެއްވާފަ އެވެ. އޭނާ އަކީ މަދީނާ ޔުނިވަސިޓީގައި ޝަރީއާ ލޯ އިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ އަންނަނީ އިސްލާމީ ރިވެތި އުސޫލުތަކާ ގުޅޭގޮތުން ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ދަރުސް ދެއްވަމުންނެވެ.

މެންކް އަކީ ޒިމްބާބުވޭގެ ފަތުވާ ޑިޕާޓްމެންޓުގެ ވެރިޔާ ވެސް މެ އެވެ.

ދީނީ ނަސޭހަތް ދިނުމަށް އިސްލާމިކް މިނިސްޓްރީން އަންނަނީ ކޮންމެ މަހަކު ވެސް މަޝްހޫރު ދީނީ އިލްމުވެރިއެއް ރާއްޖެ ގެންނަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް