ޝަމްވީލްގެ ސަޕޯޓަރުންގެ އިންތިޒާރު ނިމުމަކަށް – ހަތްވަނަ މެޝްއަޕް ބެލުންތެރިންނާއި އަޑުއެހުންތެރިންނަށް ދޫކޮށްލައިފި

ލަވަކިޔުންތެރިޔާ ޝަމްވީލް މުޙައްމަދު (ބަރޯ) އޭނާގެ ލަވް މެޝަޕްގެ ހަތްވަނަ މެޝްއަޕް މިރޭ ބެލުންތެރިންނާއި އަޑުއެހުންތެރިންނަށް ދޫކޮށްލައިފިއެވެ. ކޮންމެ އަހަރަކުވެސް މެޝަޕެއް ރިލީޒްކުރަމުން އަންނަ ޝަމްވ...

12 Apr 2025 | 15:27

ލަވަކިޔުންތެރިޔާ ޝަމްވީލް މުޙައްމަދު (ބަރޯ) އޭނާގެ ލަވް މެޝަޕްގެ ހަތްވަނަ މެޝްއަޕް މިރޭ ބެލުންތެރިންނާއި އަޑުއެހުންތެރިންނަށް ދޫކޮށްލައިފިއެވެ.

ކޮންމެ އަހަރަކުވެސް މެޝަޕެއް ރިލީޒްކުރަމުން އަންނަ ޝަމްވީލްގެ ހަތްވަނަ މެޝަޕް މިރޭ ބެލުންތެރިންނާއި އަޑުއެހުންތެރިންނަށް ދޫކޮށްލާފައިވާއިރު މި މެޝްއަޕްގެ ވީޑިއޯގައި ސްޓޯރީލައިނެއް ހިމަނާފައިވާއިރު ދިވެހިންގެ މެދުގައި މަގުބޫލު ބައެއް ލަވަތައް ހިމަނާފައިވެއެވެ.

މެޝްއަޕްގައި ހިމަނާފައިވާ ބައެއް ލަވަތަކުގެ ތެރޭގައި، "މޭގާ ވަނީ، ލޭގާ ވަނީ ޒޫނާ" އަދި "އޯގާވޭ ހީލާތީ" މިފަދަ ރީތި ލަވަތަކެއް ހިމަނާފައިވެއެވެ.

ޝަމްވީލް ބުނެފައިވާގޮތުގައި "ފިކްޝަނަލް ލަވް ސްޓޯރީ"އެއް ފެނިގެންދާނެ މި މެޝްއަޕްގެ މިއުޒިކް އަދި މިކްސިންގ ހަދާފައިވަނީ "ސްޓާލްޒް" އެވެ. ލަވަތަކުގެ ޅެން ހަދާދީފައިވަނީ "ނަދީމް މޫސާ، ޔާމީން، އަދި ސުހައިލާ ރަހީމާ" އެވެ. މެޝްއަޕް ޑައިރެކްޓް ކޮށްފައިވަނީ ކޮޕީ އިއްސެއެވެ. ސިނެމެޓޯގްރަފީ ހަދާދީފައިވަނީ ޔާމީން ޒަކީ އެވެ. އަދި އެޑިޓިންގް ކުރިއަށްގެންގޮސްފައިވަނީ އަހްމަދު އާސިމް އެވެ. މޭކަޕް އަދި ހެއަރ ހަދާދީފައިވަނީ އިބްނާ ނަސީރެވެ.

ޝަމްވީލްގެ މެޝަޕް ހަތެއްގެ މެއިން ސްޕޮންސަރަކީ ޓިމްބަރ ހައުސް ޕްރައިވެޓް ލިމިޓެޑް ކަމާއި، ކޯ ސްޕޮންސަރުންނަކީ ހޯކްސް ޕްރައިވެޓް ލިމިޓެޑް އަދި ބްލޫ ސްކައި ބީޗް ހޮޓެލްކަން ޝަމްވީލް ފާހަގަކޮށްފައިވެއެވެ.

ޝަމްވީލް ކުރިން ރިލީޒްކޮށްފައިވާ މެޝްއަޕްތަކަކީވެސް ދިވެހިންގެ މެދުގައި އަދި ކަރޯކޭ ރޫމްތަކުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ މެޝްއަޕް ތަކެކެވެ.

https://www.youtube.com/watch?v=Dh7jV51x75k

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް