މަތިންދާބޯޓުގެ ބުރަފަތީގައި ޖެހި ދިވެހި ދަރިވަރަކު ޒަހަމްވެއްޖެ

ފިލިޕީންސްގައި ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރަކު މަތިންދާބޯޓެއްގެ ބުރަފަތީގައި ޖެހި ޒަހަމްވެއްޖެއެވެ. އެނގިފައިވާ ގޮތުގައި މި ހާދިސާގައި އަނިޔާވެފައި ވަނީ އެއާވޯކްސް ފްލައިޓް އެކަޑަމީގައި ކި...

12 Apr 2025 | 10:17

ފިލިޕީންސްގައި ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރަކު މަތިންދާބޯޓެއްގެ ބުރަފަތީގައި ޖެހި ޒަހަމްވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި މި ހާދިސާގައި އަނިޔާވެފައި ވަނީ އެއާވޯކްސް ފްލައިޓް އެކަޑަމީގައި ކިޔަވަމުންދާ ދަރިވަރެއް ކަމަށްވާ އަބްދުލް މާނިއު ނަމަކަށް ކިޔާ ދިވެހި ޒުވާނަކަށެވެ.

އެ ހާދިސާ ހިނގާފައި ވަނީ މާނިއު ދުއްވި މަތިންދާބޯޓުގެ ޕްރޮޕެލާ ބްލޭޑުގައި ޖެހިގެންނެވެ.

އޭނާއަށް ލިބުނު އަނިޔާތަަކަށް ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުން އަންނައިރު ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުގީގެއް ވެސް ވަނީ ފަށާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް