މާންދޫގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ

ލ. މާންދޫގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެއެވެ. އެކްސިޑެންޓުގައި ނިޔާވެފައި ވަނީ ލ.މާބައިދޫ އަށް ނިސްބަތްވާ އިބްރާހިމް ނައުޒަމް ނަމަކަށް ކިޔާ ޒުވާނެކެވެ. މީޑިއާތަަކަށް ފޮނުވި މެސެޖެއްގ...

12 Apr 2025 | 08:18

ލ. މާންދޫގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެއެވެ.

އެކްސިޑެންޓުގައި ނިޔާވެފައި ވަނީ ލ.މާބައިދޫ އަށް ނިސްބަތްވާ އިބްރާހިމް ނައުޒަމް ނަމަކަށް ކިޔާ ޒުވާނެކެވެ.

މީޑިއާތަަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ދެންމެ ބުނީ މާންދޫ ބެންޑު ސަރަހައްދުން ސައިކަލެއް ކޮންޓްރޯލްނުވެގޮސް އެކްސިޑެންޓްވެފައިވާ މައްސަލަ ރޭ ދަންވަރު 1:40 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެގޮތުން މި އެކްސިޑެންޓުގައި އަނިޔާވި ލ. މައިބައިދޫ/ ސޫރަޖު ވިލާ، އިބްރާހިމް ނައުޒަމް 30އ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އޭނާ ނިޔާވެފައި ވަނީ މިއަދު ހެނދުނު 8:45 ހާއިރު ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް