ފޭސްބުކާއި އިންސްޓަގްރާމުން އަންނަނީ އިސްރާއީލުން ބުނާ ވަރަކަށް ޕޯސްޓް ރިމޫވް ކޮށްދެމުން: ރިޕޯޓު

އިސްރާއީލުން ޣައްޒާއަށް ހަމަލަދޭން ފެށުމާއި ހަމައިން ފެށިގެން މިއަދާ ހަމައަށްވެސް މެޓާގެ ދަށުން ހިންގަމުން އަންނަ ފޭސްބުކުން އަންނަނީ އިސްރާއީލުން ބުނާ މިންވަރަކަށް ޕޯސްޓްތައް ރިމޫވްކުރަމުންކަން ފަޅާ ...

12 Apr 2025 | 05:39

އިސްރާއީލުން ޣައްޒާއަށް ހަމަލަދޭން ފެށުމާއި ހަމައިން ފެށިގެން މިއަދާ ހަމައަށްވެސް މެޓާގެ ދަށުން ހިންގަމުން އަންނަ ފޭސްބުކުން އަންނަނީ އިސްރާއީލުން ބުނާ މިންވަރަކަށް ޕޯސްޓްތައް ރިމޫވްކުރަމުންކަން ފަޅާ އަރުވާލައިފިއެވެ.

ބައިނަލްއަގުވާމީ ނޫސް އިދާރާއެއްކަމުގައިވާ "ޑްރޮޕްސައިޓްނިއުސް" އިން ހޯދައި އަދި ހާމަކޮށްފައިވާ މައުލޫމާތުތަކުން ފެންނަ ގޮތުގައި އިސްރާއީލު ސަރުކާރުގެ ފަރާތުން ފޮނުވާ "ރިމޫވް ރިކުއެސްޓް" ތަކަށް ޢަމަލުކުރާ ރޭޓު މެޓާ އިން 94 އިންސައްތައަށް މަތިކޮށް، އިސްރާއީލު ސަރުކާރުގެ ސީދާ އެދުމުގެ މަތިން ލައްކައެއްހާ ޕޯސްޓް ރިމޫވްކޮށްފައިވެއެވެ. އަދި އެކަމަށް ހާއްސަ އޮޓޯމޭޓެޑް ނިޒާމުން، 38.8 މިލިޔަން ޕޯސްޓް ހަމަ އެކަނި 2023 ގެ ނިޔަލަށް ރިމޫވްކޮށްފައިވެއެވެ. އެ ޕޯސްޓްތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން، ވަކިން ހާއްސަކޮށް މުސްލިމް ގައުމުތަކުގެ ރައްޔިތުން ޣައްޒާއަށް ތާޢީދުކޮށް އަދި އިސްރާއީލާއި ދެކޮޅަށް ކުރާ ޕޯސްޓްތަކެވެ.

މިކަން ހާމަވެފައިވާއިރު ދިވެހިންނަށްވެސް މިކަން ފާހަގަކުރެވޭވަރަށް ފޭސްބުކާއި އިންސްޓަގްރާމް އިން ޕޯސްޓްތައް ރިމޫވް ކުރަމުން ގެންދެއެވެ. އަދި ޣައްޒާއަށް ތާޢީދުކުރާ އަދި އިސްރާއީލާއި ދެކޮޅަށް ޕޯސްޓްކުރާ އެކައުންޓްތައް ސަސްޕެންޑް ކުރަމުންވެސް ގެންދެއެވެ.

އިސްރާއީލުން ޣައްޒާއަށް ހަމަލަ ދޭން ފެށިތާ މިއަދަށް 552 ދުވަސް ވެފައިވާއިރު ހަމަލަތަކުގައި ސަހީދުވެފައިވާ މީހުންގެ ޢަދަދު އިއްޔެއާއި ހަމައަށް ވަނީ 50،912 އަށް އަރާފައެވެ. ގިނައީ ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސް ވީ މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް