އެމްޑީޕީގެ ތިލަފަތް އޮތީ ޑިމޮކްރެޓްސް އަތުގައި، އަސްލު އެމްޑީޕީއަކީ އަޅުގަނޑުމެން: ރައީސް ނަޝީދު

އަސްލު އެމްޑީޕީއަކީ ޑިމޮކްރެޓްސް ކަމުގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނުގެ ނުރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ރަ...

12 Apr 2024 | 15:43

އަސްލު އެމްޑީޕީއަކީ ޑިމޮކްރެޓްސް ކަމުގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނުގެ ނުރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ސަރުކާރަށް ފާރަވެރިވެވޭނީ ކުރީގައިވެސް އެކަން ކުރި މީހުންނަށް ކަމަށެވެ. ޑިމޮކްރެޓްސް އަށް ކަމަށެވެ.

"އެމްޑީޕީގެ ގިނަ އެމްޕީން ކޮންޓްރެކްތްއެއްގެ ބޭނުމުގައި ފާރަވެރިވުން މުޅިން ދޫކޮށްލީ" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެ މޭރުމުން ރައީސް ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ ދެންވެސް އެމްޑީޕީގެ އެމްޕީން ގުޑާނީ ކޮންޓްރެކްޓަށް ކަމަށާއި އެމްޑީޕީގެ ތިލަފަތް އޮތީ ޑިމޮކްރެޓްސްގެ އަތުގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް