ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އަންޑަ ސެކްރެޓަރީކަން އަދާކުރެއްވި އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) ނިޔާވެއްޖެއެވެ.
ދުވަހަށް އެނގިފައިވާގޮތުގައި ހޯރަ އިއްބެ ނިޔާވީ ބަލިވުމުން ކުއްލި ހާލަތެއްގައި އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށި ފަހުންނެވެ.
ހޯރަ އިއްބެ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީކަން ކުރެއްވީ ރައީސް ނަޝީދުގެ ވެރިކަމުގައެވެ. ހޯރަ އިއްބެއަކީ ސިޔާސީ މައިދާނުގައި ކުރިން އެމްޑީޕީގެ ޕޯޑިއަމުން ފެނިގެންދިޔަ މޮޅު ވާހަކަދެއްކުންތެރިއެއްވެސް މެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް