އެންމެ ހަލުވި ކަމާއެކު ކުރިއަރަމުން އަންނަ އެއް އިގްތިސާދަކީ އިންޑިއާ: އައިއެމްއެފް

އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ ޑިވިޝަންގެ ވެރިޔާ ޑޭނިއަލް ލީ އަންގާރަ ދުވަހު ވަނީ އިންޑިއާގެ އިގްތިސާދަށް ވަރަށް ވަރުގަދަ އަދި ކުރިއަރަމުން އަންނަ އިޤްތިސާދެއްގެ ގޮތުގައި ސިފަކުރައްވައިފިއެވެ. އޭނާ ...

12 Apr 2023 | 17:27

އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ ޑިވިޝަންގެ ވެރިޔާ ޑޭނިއަލް ލީ އަންގާރަ ދުވަހު ވަނީ އިންޑިއާގެ އިގްތިސާދަށް ވަރަށް ވަރުގަދަ އަދި ކުރިއަރަމުން އަންނަ އިޤްތިސާދެއްގެ ގޮތުގައި ސިފަކުރައްވައިފިއެވެ.

އޭނާ ވިދާޅުވީ ދުނިޔޭގެ އިގްތިސާދުގައި މިވަގުތު ކުރިއެރުމުގެ ރޭޓް މަތިވެފައިވާ އެއް ސަރަހައްދަކީ އިންޑިއާ ކަމަށެވެ.

"2022 ވަނަ އަހަރު އިންޑީއާގެ ގްރޯތް ރޭޓް ހުރީ 6.8 ގައި. މިއީ ބައިނަލްއަޤްވަމީ ގޮތުންވެސް އެންމެ ކުރިއަރަމުން އަންނަ އެއް އިޤްތިސާދު." ޑޭނިއަލް ލީ ވިދާޅުވިއެވެ.

އެކި ގޮންޖެހުންތަކާ ކުރިމަތިލާ އިންޑިއާގެ އިގްތިސާދު ރަނގަޅު ނަތީޖާތަކެއް ނެރެ، ދުނިޔޭގެ އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެއް އިގްތިސާދުގެ މަގާމު ދެމެހެއްޓޭނެ ކަމަށް އައިއެމްއެފްގެ އޭޝިއާ އެންޑް ޕެސިފިކް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރު އޭން މެރީ ގުލްޑޭ ވޯލްފް ވިދާޅުވި އެވެ. މި ބަޔާން ނެރެފައިވަނީ އައިއެމްއެފް އިން 2023-24 ވަނަ އަހަރުގެ ތެރޭގައި އިންޑިއާއަށް ކުރި ޕްރޮޖެކްޝަން ގްރޯތް ކުރިން 6.1 ޕަސެންޓަށް ވުރެ 5.9 ޕަސެންޓަށް ދަށްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

"އިންޑިއާގެ އިގްތިސާދު ކުރިއަށް އޮތީ ރަނގަޅު ނަތީޖާއެއް. މިއީ އަދިވެސް އޭޝިއާގެ އެންމެ އަވަހަށް ކުރިއަރަމުން އަންނަ އިގްތިސާދުގެ ގޮތުގައި، އަދި ދުނިޔޭގައި އެންމެ އަވަހަށް ކުރިއަރަމުން އަންނަ އެއް އިގްތިސާދު" އޭނާ އިތުރަށް ވިދާޅުވި އެވެ.

އައިއެމްއެފް އިން ލަފާކުރާ ގޮތުގައި މި އަހަރުގެ ތެރޭގައި އިންޑިއާގެ އިންފްލޭޝަން 4.9 ޕަސެންޓަށް ދަށްވެ، އަންނަ މާލީ އަހަރު އިތުރަށް 4.4 ޕަސެންޓަށް ދަށްވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް