އެފްކޯންސް ކުންފުނި ވިއްކާލަން އުޅޭކަމުގެ އަޑުތަކެއް

ތިލަމާލޭ ބްރިޖާއި އައްޑޫ މަގު ހެދުމުގެ ޕްރޮޖެކްޓާއި ހަވާލުއޮތް އިންޑިއާގެ ވަރުގަދަ ކުންފުނި އެފްކޯންސް ވިއްކާލަން އުޅޭކަމުގެ އަޑުތަކެއް ގަދަވެއްޖެއެވެ. ބައިނަލްއަގްވާމީ މަސްދަރުތަކަށް ބަލާއިރު އަދި މި...

12 Apr 2023 | 16:12

ތިލަމާލޭ ބްރިޖާއި އައްޑޫ މަގު ހެދުމުގެ ޕްރޮޖެކްޓާއި ހަވާލުއޮތް އިންޑިއާގެ ވަރުގަދަ ކުންފުނި އެފްކޯންސް ވިއްކާލަން އުޅޭކަމުގެ އަޑުތަކެއް ގަދަވެއްޖެއެވެ.

ބައިނަލްއަގްވާމީ މަސްދަރުތަކަށް ބަލާއިރު އަދި މިއީ ހަމަ ތުންތުން މަތިން ދެކެވޭ ތޯތޯ ވާހަކަތަކެކެވެ.

ނަން ހާމަނުކުރާ މަސްދަރުތަކަކާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި އެފްކޯންސް ވިއްކާލަން އަގު ޖެހުމުގެ މަސައްކަތް އެޑްވައިޒަރަކު މެދުވެރިކޮށް ކުރަން އެފްކޯންސްގެ މައި ކުންފުނި ޝަޕޫރްޖީ ޕަލޯންޖީން އަންނަނީ ވިސްނަމުންނެވެ. މިހާރު ކުރިއަށްދަނީ އެޑްވައިޒަރަކު ހޯދުމުގެ މަސައްކަތްކަން އެ މަސްދަރުތަކާ ހަވާލާދީ ބުނެފައިވެއެވެ.

ޝަޕޫރްޖީ ޕަލޯންޖީ ނުވަތަ ކުރުކޮށް ބުނާނަމަ އެސްޕީ ގްރޫޕުން އެފްކޯންސްގެ އިތުރުން އިތުރު ބައެއް އެސެޓްތައްވެސް ވިއްކާލަން މަސައްކަތް ކުރަމުން އަންނަނީ އެ ކުންފުނީގެ ފައުންޑަރުން ހިމެނޭހެން އާއިލާގެ ތިން މެންބަރަކު ފާއިތުވި އަހަރުގެ ތިން މަހެއްގައި ގާތްގާތުގައި މަރުވެފައިވާއިރު އާއިލީ ވިޔަފާރީގެ ބޮޑު ސްޓޭކެއް އިންޑިއާގެ ވިޔަފާރީގެ ވަރުގަދަ ކުންފުންޏެއްކަމުގައިވާ ޓާޓާ ކުންފުނީގައި ތާށިވެ އެ ތާށިން ސަލާމަތް ނުވެވިގެންނެވެ.

މަސްދަރުތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެފްކޯންސް ވިއްކާލަން މަސައްކަތް ކުރުމުގެ ވިސްނުން އެސްޕީން ގެންގުޅުނު ނަމަވެސް މިކަމަށް އަދި އެތައް ދުވަހެއް ނެގުންވެސް އެކަށީގެންވެއެވެ. އަދި މިކަން އެސްޕީން ލަސްކޮށްލުންވެސް އެއީ ހަމަ ވެދާނެ ކަމެކެވެ.

އެހެން ނަމަވެސް އެ މަސްދަރުތަކާއި ކަމާބެހޭ މާހިރުންގެ ބަހަށް ބަލާއިރު އެފްކޯންސް އަގު ކުރާނީ އެންމެ ކުޑަކޮށްވެސް ދެ ބިލިޔަން ޑޮލަރަށް ކަމުގައި ބެލެވޭކަމުގައިވެސް ރިޕޯޓްކޮށްފައިވެއެވެ.

މިއިން ކަމަކާއި ގުޅޭގޮތުން އެފްކޯންސް އިން ވެސް އަދި އެސްޕީންވެސް ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް