ކޮވިޑާއި އަރިދަފުސް ރޯގާ ދަނީ އިތުރުވަމުން – ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިންމު: އެޗްޕީއޭ

ކޮވިޑާއި އަރިދަފުސް ރޯގާ އިތުރުވަމުން އަންނާތީ އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ. އެގޮތުން އެޗްޕީއޭއިން މިއަދު ބުނެފ...

12 Apr 2023 | 10:27

ކޮވިޑާއި އަރިދަފުސް ރޯގާ އިތުރުވަމުން އަންނާތީ އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެގޮތުން އެޗްޕީއޭއިން މިއަދު ބުނެފައިވަނީ ރޯގާޖެހި ދިގުލާނަމަ އަދި ބަލީގެ ހާލަތު ގޯސްވެދާނެ ފަރާތްތަކުން ވީހާވެސް އަވަހަށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދަންވާނެ ކަމަށާއި އަރިދަފުސް ރޯގާގެ އަލާމާތެއް ހުރިނަމަ ނޭފަތާއި އަނގަ ނިވާވާނެހެން ރަނގަޅަށް މާސްކު އަޅަންވާނެ ކަމަށެވެ.

"އާންމު ތަންތަނުގައި އުޅޭއިރު ގައިދުރުކަން ބެހެއްޓުން ނުވަތަ ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުން" އެޗްޕީއޭއިން ބުނެފައިވެއެވެ.

ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ އިތުރު ފިޔަވަޅުތައް ހާމަކުރަމުން އެޗްޕީއޭއިން ބުނެފައިވަނީ ސައިބޯނި ލައިގެން ގިނަގިނައިން އަތް ދޮވުން ނުވަތަ ސެނިޓައިޒަރ ބޭނުންކޮށްގެން އަތް ސާފުކުރުން އަދި ބަލި ޖެހުމުން ނުރައްކާވުމުގެ ފުރުސަތު ބޮޑު މީހުން ބޭރުގައި އުޅޭއިރު އަދި ގިނަމީހުންގެ ތެރެއަށް ނިކުންނައިރު މާސްކު އަޅައިގެން އުޅުން މުހިއްމު ކަމަށެވެ.

https://twitter.com/HPA_MV/status/1646091728288641030

މީގެ އިތުރުން ކޮވިޑް ވެކްސިން ފުރިހަމަ ކުރުމާއި އަދި ބޫސްޓަރ ޑޯޒް ޖެހުމަށް ޝަރުތުހަމަވާ ފަރާތްތަކުން ބޫސްޓަރ ޑޯޒް ފުރިހަމަކުރުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.

މިކަން ކަމަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވާއިރު ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވަމުން އަންނަ ކަމުގައި ފާއިތުވި ދެ ހަފްތާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް