އެސްޓީއޯއިން ހަދަން ނިންމާފައިވާ ފުށް ފެކްޓްރީގެ މަސައްކަތް ނުހުއްޓި ކުރިޔަށް ދާނެ ކަަށް ސަރުކާރުން ބުނެފި އެވެ.
ފުށް ފެކްޓްރީއެއް އަޅަން ނިންމިކަން އިއުލާނު ކުރީ ދާދި ފަހުން އެ ކުންފުނީގެ މެނޭޖިިން ޑިރެކްޓަރު ކަމުން ވަކި ކުރި ހުސައިން އަމްރު އެވެ. މިދިޔަ އަހަރު އެކަން ހާމަކޮށް އަމްރު ވިދާޅުވެފައިވީ ފެކްޓްރީ އަޅާނީ ކުޅުދުއްފުށީ ސިޓީގައި ކަމަށެވެ.
މިހާރު ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރައްވާ އަމްރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުޑް ސެކިއުރިޓީ ޔަގީންކުރުމާމެދު އެސްޓީއޯ އާ ހަވާލުވުމުގެ ކުރިންވެސް ވާހަކަ ދައްކާފައިވާނެ ކަމަށެވެ. އަދި ރާއްޖޭގަ ފުށް ފެކްޓްރީއެއް އެޅުމަކީ މިކަން ކުރުމަށް އޭނާގެ އެއް އެވެ.
އަމްރު ވިދާޅުީ އެ ޕްލޭން ބި އެކަން ނުވެ އޮތީ ރައީސް އޮފީހުން ކުޅުދުއްފުށީގަ އަޅަން ބޭނުން ނުވެގެން ކަމަށެބެ. އިތުރު ތަނެއްވެސް ނުދައްކާ ކަމަށް ވިދާޅުވި އެވެ.
މި ވާހަކަތަކާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ
ރުކާރުން އެންމެ ފުރަތަމަ ވެސް ނިންމާފައި އޮތީ ކުޅުދުއްފުށީގައި ފުށް ފެކްޓްރީ އެޅުމަށް ކަމަށާއި އެ ނިންމުމަށް ބަދަލެއް އައިސްފައިނުވާ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފުށް ފެކްޓްރީ އެޅުމަށް ބޭނުންވާ ބިން ބެލުމަށް އަމްރު ހިމެނިވަޑައިގަންނަވާ ގޮތަށް އޭރުގެ އެސްޓީއޯގެ އިސް ވެރިން ވަނީ ކުޅުދުއްފުއްޓަށް ދަތުރުވެސް ކުރައްވާފައެވެ. އަދި މިއަހަރުގެ މެދެއްހާ ހިސާބުގައި ފެކްޓްރީ އޮޕަރޭޝަނަށް ގެންނަން ކުރަން ޖެހޭ މަސައްކަތްތަށް ކުރަމުން އަންނަ ކަމަށް ވެސް އޭރު ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް