ދ. މާއެނބޫދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތާއި، ލެބޯޓަރީ އަދި ޕޯރޓިކޯ ހެދުމުގެ މަސައްކަތް ކުރުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފި އެވެ.
މި މަޝްރޫއު ހަވާލުކޮށްފައިވަނީ ޑީ.އެން.އެފް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި އެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ އެގްޒެކެޓިވް ޑައިރެކްޓަރު ޢަބްދުލް ޙަންނާނު ޙުސައިންއެވެ.
ޑީ.އެން.އެފް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ އޮފް އޮޕަރޭޝަންސް ޝަކީބު އަހްމަދެވެ.
މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 4.7 މިލިއަން ރުފިޔާ އަށެވެ. މަސައްކަތް ނިންމަން ޖެހެނީ 150 ދުވަހުގެ ތެރޭގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް