ބީއެމްއެލުން ޔޫއެފްއާ ޗެންޕިއަންސް ލީގު ފައިނަލް މެޗު ބަލާލަން ދިއުމުގެ ފުރުސަތު ދެނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާސްޓާކާޑު ކަސްޓަމަރުންނަށް ހާއްސަކޮށް ޕްރޮމޯޝަނެއް ފަށައިފި އެވެ. މި ޕްރޮމޯޝަންގެ ދަށުން ހުރިހާ ހަރަދަކާއެކު ދެ މީހަކަށް އިސްތަންބޫލްގައި ގައި ބޭއްވުމަށް ހަމަ...

12 Apr 2023 | 08:51

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާސްޓާކާޑު ކަސްޓަމަރުންނަށް ހާއްސަކޮށް ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަންގެ ދަށުން ހުރިހާ ހަރަދަކާއެކު ދެ މީހަކަށް އިސްތަންބޫލްގައި ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ ފައިނަލް މެޗް ބަލާލަން ދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަންގައި މާސްޓަރކާޑު މެދުވެރިކޮށް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކުރާ ހުރިހާ މުއާމަލާތްތަކެއް ހިމެނޭނެއެވެ. ޕްރޮމޯޝަން ކުރިއަށްދާނީ 12 އެޕްރީލް އިން 9 މެއި 2023 ގެ ނިޔަލަށެވެ.

މާސްޓަރކާޑަކީ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސަރ އެވެ. ބީއެމްއެއް އަކީ ރާއްޖޭގައި މާސްޓަރކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ.

ބީއެމްއެލް އިން އަންނަނީ ރާއްޖޭގައި މާސްޓަރކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރަމުންނެވެ.

އިތުރު މައުލޫމާތު: https://www.bankofmaldives.com.mv/shop-and-win

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް