ދަނޑުވެރިކަމަށް ރަށްތައް ކުއްޔަށް ދިނުން ވަގުތީގޮތުން މަޑުޖައްސާލައިފި

ދަނޑުވެރިކަން ކުރުމަށް ފަޅުރަށްތައް ކުއްޔަށް ދިނުން ވަގުތީ ގޮތުން މަޑު ޖައްސާލައިފި އެވެ. މިކަން ހާމަ ކުރީ އެގްރިކަލްޗާ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި އެވެ. އެ އިއުލާނުގައި ބުނެފައިވަނީ އެކަނ...

12 Apr 2023 | 08:20

ދަނޑުވެރިކަން ކުރުމަށް ފަޅުރަށްތައް ކުއްޔަށް ދިނުން ވަގުތީ ގޮތުން މަޑު ޖައްސާލައިފި އެވެ.

މިކަން ހާމަ ކުރީ އެގްރިކަލްޗާ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި އެވެ.

އެ އިއުލާނުގައި ބުނެފައިވަނީ އެކަން މަޑުޖައްސާލަން ނިންމީ ފަޅު ރަށް ކުއްޔަށް ދިނުމާ ބެހޭ ގަވައިދު އިސްލާހު ކުރަމުންދާތީ ކަމަށެވެ.

އެ ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ފަޅު ރަށްރަށް ކުއްޔަށް ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުންތައް ބަލައިގަތުމާއި ކުއްޔަށް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް ބުންޏެވެ.

އިތުރު ތަފްސީލް ހާމައެއް ނުކުރެ އެވެ.

މިދިޔަ އަހަރުވެސް މި ގަވައިދަށް އިސްލާހު ގެނެސްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް