ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ބޭރުކޮށްފިއެވެ.
ރިޔާސަތުން ޖާބިރުގެ ނަން އިއްވީ މަސްވެރިކަމުގެ މައްސަލައިގާ މިހާރު ކުރިއަށްދާ ބަހުސްގައި ވާހަކަފުޅު ދެއްކެވުމަށްފަހު މަޖިލީހުގެ ތަޅުމުގައި ލާނެއްކޮށް އުޅެން ފެށުމުންނެވެ.
އެގޮތުން މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވާހަކަ ދައްކަވަމުން ގެންދެވި އިރު ޖާބިރު ގެންދިޔައީ އަޑުގަދަ ކުރައްވަމުންނެވެ. އަދި ދެ ފަހަރަކު ބޮންޑާއާއި ހަމައަށް ގޮސް ކުރިމައްޗަށް އަރާވެސް އަޑުގަދަކޮށްފައިވެއެވެ. އަދި އެއް ފަހަރު ބޮންޑާގެ މައިކުވެސް ޖާބިރު އަތުން ޖައްސަވައި ތިރިކޮށްލި ކަމުގައި ބެލެވެއެވެ.
ޖާބިރުގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން މިއަދު ބޭރުކޮށްފައިވާއިރު ޖާބިރުގެ ވާހަކަފުޅުގައި ފައިސާ ދީ ވޯޓު ގަނެގެންވެސް އިތުރު ދައުރެއް ރައީސް ސޯލިހަށް ހޯއްދަވައިދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން ރައީސް ނަޝީދު އިސްތިއުފާ ދެއްވަވައި މަޖިލީހުގެ ރައީސްކަން ޖާބިރަށް ދެއްވުމަށްވެސް އެދިލެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް