ސަލްމާންގެ "ކިސީކާ ބާއި ކިސީކީ ޖާން"ގެ ޓްރެއިލާއާ އެކު އެންމެން އިންތިޒާރުގައި!

ސަލްމާން ހާންގެ ކުރިޔަށް އޮތް ފިލްމު "ކިސީކާ ބާއި ކިސީކީ ޖާން" ގެ ޓްރެއިލާ ނެރެފި އެވެ. ކުރިޔަށް އޮތް ފިތުރު އީދާއި ދިމާކޮށް ރިލީޒް ކުރާ މި ފިލްމަކީ ސަލްމާންގެ އަމިއްލަ ކުންފުނިން އުފައްދައި ފަރްހާދު ...

12 Apr 2023 | 06:48

ސަލްމާން ހާންގެ ކުރިޔަށް އޮތް ފިލްމު "ކިސީކާ ބާއި ކިސީކީ ޖާން" ގެ ޓްރެއިލާ ނެރެފި އެވެ.

ކުރިޔަށް އޮތް ފިތުރު އީދާއި ދިމާކޮށް ރިލީޒް ކުރާ މި ފިލްމަކީ ސަލްމާންގެ އަމިއްލަ ކުންފުނިން އުފައްދައި ފަރްހާދު ސަމްޖީ ޑައިރެކްޓު ކުރާ ފިލްމެކެވެ. މިއީ މިއަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ އެއް ފިލްމެވެ.

މި ފިލްމުގައި ސަލްމާނާއި އެކު ލީޑްރޯލުން ފެނިގެންދާނީ  ޕޫޖާ ހެޖްއެވެ. މި ފިލްމުން އަލަށް ބޮލީވުޑަށް ތައާރަފުވާ ތަރިންގެ ތެރޭގައި ބިގް ބޮސް ޝޯއިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ޝެހެނާޒް ގިލް އާއި ޝްވޭތާ ތިވާރީ (ޕްރޭނާ)ގެ ދަރިފުޅު ޕަލަކް ތިވާރީ ހިމެނެ އެވެ.

ދެން ފެނިގެންދާ ތަރިންގެ ތެރޭގައި ތެލުގޫ ސިނަމާގެ މަޝްހޫރު އެކްޓަރު ވެންކަޓޭޝް، ޖަގަޕަތީ ބާބޫގެ އިތުރުން "ތޭރޭ ނާމް" އަދި "މޭނޭ ޕިޔާރްކިޔާ"ގެ ބަތަލާއިން ކަމަށްވާ ބަގިޔާޝްރީ އަދި ބޫމިކާ ޗާވްލާ ހިމެނެ އެވެ.

https://www.youtube.com/watch?v=bsi8_9EoYyg

މި ޓްރެއިލާއިން ފިލްމުގައި ފެނިގެންދާނެ ހުރިހާ ރަހަތަކެއް ކުރުކޮށް ދައްކާލަ އެވެ. އަދި ސަލްމާނާއި ޕޫޖާގެ ކުޅަދާނަ ކަމާއި މި ފިލްމުގައި ހެއްވާ މަޖާ ކަންކަން ހުންނާނެކަން ދައްކާލަ އެެވެ.

ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 21 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް