މާލޭގައި ގަހެއް ވެއްޓި ވެހިކަލް ތަކަކަށް ގެއްލުން ލިބިއްޖެއެވެ.
ރޭ ފަތިހުގެ ވަގުތު ވައި ގަދަވި ވަގުތެއްގައި ވެއްޓިފައިވަނީ މާލޭ، ހެންވޭރު ސަހަރާގެ ކަންމަތީގައި ހުރި ބޮޑު ގަހެކެވެ.
އެ ގަސް ވެއްޓި ހަތަރު ސައިކަލަކަށާއި މިނީ ވޭނަކަށް ގެއްލުން ލިބިފައިވެއެވެ.
ފުލުހުންގެ އެހީތެރިކަމާއެކު އެ ސަރަހައްދު ބަންދުކޮށް އެ ގަސް ކަނޑާ އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން މިހާރު އަންނަނީ ކުރަމުންނެވެ.
https://twitter.com/dhuvasmv/status/1646033125359878145
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް