މައްސަލަ ޖެހި، އަޔާން، ކަރަން ދޫކޮށްލައިފި!

ބޮލީވުޑްގެ މަޝްހޫރު ދެ ޑައިރެކްޓަރުން ކަމަށްވާ ކަރަން ޖޯހަރާއި އަޔާން މުކަރުޖީ މައްސަލަ ޖެހިއްޖެ ކަމަށް ރިޕޯޓުތައް ބުނަން ފަށައިފި އެވެ. ކަރަންގެ ދަރްމާ ޕްރޮޑަކްޝަންއާއި ގުޅިގެން އަޔާން ވަނީ ކާމިޔާބު ...

12 Apr 2023 | 06:03

ބޮލީވުޑްގެ މަޝްހޫރު ދެ ޑައިރެކްޓަރުން ކަމަށްވާ ކަރަން ޖޯހަރާއި އަޔާން މުކަރުޖީ މައްސަލަ ޖެހިއްޖެ ކަމަށް ރިޕޯޓުތައް ބުނަން ފަށައިފި އެވެ.

ކަރަންގެ ދަރްމާ ޕްރޮޑަކްޝަންއާއި ގުޅިގެން އަޔާން ވަނީ ކާމިޔާބު ތިން ފިލްމު ނެރެފައި އެވެ. އެއީ ފިލްމު "ސިޑް"، "ބްރަހްމާސްޓްރާ" އަދި "ޔޭ ޖަވާނީ ހޭ ދިވާނީ" އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ދެމީހުންގެ މެދުގައި މައްސަލަ ޖެހި އަޔާން ވަނީ ދަރްމާ އާއި އެކު މަސައްކަތް ނުކުރަން ނިންމާފައި އެވެ. އަދި ދެފަރާތުން އެކުގައި މަސައްކަތް ކުރާނެކަން އިއުލާނު ކޮށްފައިވާ "ބްރަހްމާސްޓްރާ 2 އަދި 3" ގެ މަސައްކަތްވެސް އެ ޕްރޮޑަކްޝަން ހައުސް އާއި އެކު ކުރަން އަޔާން މިހާރު ބޭނުން ނުވެ އެވެ.

އެހެންވެ އޭނާ ވަނީ އެ ދެ ފިލްމުގެ މަސައްކަތް ކުރަން އެހެން ކުންފުނިތަކަކާއި ވާހަކަ ދައްކާފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މިކަމާއި ގުޅިގެން އަޔާން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ބްރަހްމާޝްޓްރާ 2 އަދި 3" ނެރުން ފަސްކޮށްލާފައިވާ ކަމަށެވެ. އެކަމަކު އެ ފިލްމު ކުރިޔަށް ގެންދާނީ ދަރްމާ ޕްރޮޑަކްޝަން އާއި އެކުކަން ނުވަތަ ނޫންކަން ޔަގީންކޮށްދީފައެއް ނުވެ އެވެ.

އެމީހުންގެ ގާތް މީހުން މީޑިއާގައި ބުނީ ދެމީހުންގެ މެދުގައި މައްސަލައެއް ނޫޅޭ ކަމަށާއި އަދިވެސް ވަރަށް އެކުވެރިކަމަށެވެ. އެކަމަކު މި ވާހަކަތައް ގަބޫލު ކުރާ މީހުން ވަރަށް މަދު ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ދެ ޑައިރެކްޓަރުންގެ މެދުގައި މައްސަލަ ޖެހުނު ގޮތެއް ނޭނގެ އެވެ.

"ބްރަހްމާޝްޓްރާ"ގެ ފުރަތަމަ ފިލްމު ނެރުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 22 ގައި އެވެ. އެ ފިލްމު ވަނީ ބޮޑު ކާމިޔާބެއް ބޮކްސް އޮފީހުގައި ހޯދާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް