ބޭނުންވާނެ ތަކެތި
- 4 ޖޯޑު ބަނބުކެޔޮ (ކުދިކޮށް ކޮށައިފައި)
- ⅓1 ޖޯޑު ހަކުރު
- 1 ޖޯޑު ކާށިކިރު
- 10 ޖޯޑު ފެން
- 12 އިންޗި ރާނބާފަތް
- ފިނިފެން (ރޯސްވޯޓާ) ނުވަތަ ރޯސް އެސެންސް
ހައްދަވާނެގޮތް
އެންމެ ފުރަތަމަ ފެންހޫނުކުރަން އުނދުންމަތީ އުދާ ފެންފޮދު ހޫނުކޮށްލާށެވެ. އެއަށްފަހު ބަނބުކެޔޮކޮޅު އޭގެތެރެއަށް އަޅާލާ ރަނގަޅަށް މަޑުވާން ފެށީމައި ބަނބުކެޔޮކޮޅު ހަލަންޏަކަށް ފުރާނާލާފަ ނެގާށެވެ. ދެން ރޯފިލާފައިވާ ބަނބުކެޔޮކޮޅު ހުސް ތެއްޔަކަށް އެޅުމަށް ފަހު، އޭގެ ތެރެއަށް ހަކުރުއަޅާ އަލުން ހަކުރާއި ބަނބުކެޔޮ އެއްވަންދެން ކައްކާލާށެވެ. ހަކުރު ރަނގަޅަށް ވިރުނީމައި ކާށިކިރު ކޮޅާ ރާނބާފަތް ކޮޅު އޭގެތެރެއަށް އަޅާފައި އެއްކޮށްލައިފައި، އުނދުން ނިއްވާލުމަށް ފަހު، އެސެންސް ނުވަތަ ރޯސްވޯޓާ އޭގެތެރެއަށް އަޅާށެވެ. އޭގެފަހުން މަތިޖަހައިފައި ދިހަވަރަކަށް މިނެޓު ވަންދެން ބަހައްޓާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް