ރަޝިއާ ސިފައިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައިގަ ކެމިކަލް ހަތިޔާރު ބޭނުން ކުރާކަމުގެ ހެއްކެއް ނުފެނުނު ކަމަށް އެމެރިކާއިން ބުނެފި އެވެ.
ރަޝިއާއިން ކެމިކަލް ހަތިޔާރު ބޭނުން ކުރާކަމުގެ ހެކިތަކެއް ލިބިފައިވާކަމަށް މިދިޔަ މަހު ހާމަ ކުރީ އެމެރިކާއިންނެވެ. އަދި އިތުރު މައުލޫމާތު ހޯދަމުންދާ ކަމަށް އޭރު ބުންޏެވެ.
އެމެރިކާގެ އަސްކަރިއްޔާގެ އިސް އޮފިޝަލަކު މީޑިއާގައި ވިދާޅުވީ މިހާތަނަށް ކުރި މަސައްކަތުން ރަޝިއާއިން ކެމިކަލް ހަތިޔާރު ބޭނުންކުރާ ކަމުގެ ސާބިތު ހެއްކެތް ހޯދިފައި ނުވާ ކަމަށެވެ. އަދި އެކަން ޔަގީން ކުރެވޭނެ ގޮތެއްވެސް އަދި ނެތް ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އެކަން ޔަގީން ކުރުމަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ އެމެރިކާގެ އެއްވެސް މީހަކު ޔޫކްރެއިންގައި ނެތުން ކަމަށެވެ.
އެމެރިކާއިން ބުނީ ޔޫކްރެއިން ހަނގުރާމައަށް ރަޝިއާ އަސްކަރިއްޔާގެ ބާރުތައް ބޭނުންކޮށްފައިވާ މިންވަރު80 ޕަސެންޓަށްވުރެ އިތުރުވެފައިވާ ކަމަށެވެ. އެކަމަކު އެމީހުންގެ އަސްލު މަގުސަދަށް ހާސިލްވަމުންދާކަމުގެ ހެއްކެއް ނުވަތަ މަންޒަރެއް ނުފެންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް