މިދިޔަ މަހު އުވާލި އެސެޓް ރިކަވަރީ ކޮމިޝަނުން ކުރި މަސައްކަތްތައް ހާމަ ކުރަނީ!

މި ސަރުކާރުން އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަނުން ކުރި މަސައްކަތްތަކުގެ ރިޕޯޓު އާންމު ކުރަން ނިންމައިފި އެވެ. އެ ރިޕޯޓު އާންމު ކުރާކަން ރައީސް އޮފީހުން ހާމަ ކުރީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ...

12 Apr 2022 | 16:29

މި ސަރުކާރުން އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަނުން ކުރި މަސައްކަތްތަކުގެ ރިޕޯޓު އާންމު ކުރަން ނިންމައިފި އެވެ.

އެ ރިޕޯޓު އާންމު ކުރާކަން ރައީސް އޮފީހުން ހާމަ ކުރީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދަށުން އަމިއްލަ ފަރާތެއް ކަމަށްވާ ހުމަދު އައިމަން ލަތީފް ހޯދަން ހުށަހެޅި މައުލޫމާތަށް ދިން ޖަވާބުގައި އެވެ. ރައީސް އޮފީހުން ބުނީ އެ އޮފީހުން ކުރި މަސައްކަތްތަކުގެ ތަފްސީލް އެ ރިޕޯޓުން ލިބޭނެ ކަމަށެވެ.

ރައީސް އޮފީހުން ދިން ޖަވާބު، އޭނާ ވަނީ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ.

އެ ކޮމިޝަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުވާލެއްވީ މިިދިޔަ މަހުގެ17 ވަނަ ދުވަހު އެވެ. ރައީސް އޮފީހުން ބުނީ އެ ކޮމިޝަނުން ކުރަމުން އައި މަސައްކަތްތައް ދެން ކުރާނީ ކަމާ ގުޅުންހުރި އެހެން މުއައްސަސާތަކުން ކަމަށެވެ.

އެ ފާހަގަ ކުރެއްވި މުއައްސަސާއަކީ އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އެވެ. އޭސީސީގެ އާ މެމްބަރުން ހުވާ ކުރެއްވީ އެ ދުވަހު އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނަކީ ޚިޔާނާތާއި ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ މައްސަލަތައް ރަނގަޅަށް ތަހުގީގު ނުކުރެވި ހުރުމުން އިންސާފު ހޯދައިދިނުމުގެ ބޭނުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ކޮމިޝަނެކެވެ. ކޮމިޝަން އުފެއްދީ17 ނޮވެމްބަރު2018 ގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް