އުރީދޫ ސުޕާނެޓްގެ ހިދުމަތް ހޯޑެއްދޫއަށް ދޭން ފަށައިފި

އުރީދޫ ސުޕާނެޓްގެ ހިދުމަތް ގދ. ހޯޑެއްދޫއަށް ދޭން ފަށައިފި އެވެ. އުރީދޫއިން މިހާރު 100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ހޯޑެއްދޫއަށ...

12 Apr 2022 | 15:15

އުރީދޫ ސުޕާނެޓްގެ ހިދުމަތް ގދ. ހޯޑެއްދޫއަށް ދޭން ފަށައިފި އެވެ.

އުރީދޫއިން މިހާރު 100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ހޯޑެއްދޫއަށް ލިބޭނެ ކަމަށެވެ.

މި ޚިދުމަތް ހޯއްދެވުމަށް ނުވަތަ ސުޕަރނެޓް ޕެކޭޖްތަކާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، http://ore.do/getsupernet އަށް ޒިޔާރަތް ކުރުމުން ލިބޭނެ އެވެ.

"އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަނީ ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ޙިދުމަތް ފޯރުކޮށްދިނުމަށް. ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަަކަށްވެސް ފެންވަަަރު ރަނގަޅު އިންޓަަނެޓްގެ ޙިދުމަތް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މަސައްކަތްކުރަނީ ނުހަނު މުހިންމުކަމާއެކު. އެގޮތުން އުރީދޫ ފިކްސްޑް ބްރޯޑްބޭންޑް ގެ ޙިދުމަތް މިއަދު މިވަނީ ގދ. ހޯޑެއްދޫއަށް ތައާރަފްކޮށްފަ. ސުޕަރނެޓްގެ ހިދުމަތާއެކު ނިލްންދޫގެ ރައްޔިތުން ޑިޖިޓަލް ޒަރިއްޔާތަައް މެދުވެރިކޮށް އިތުރު ފުރުސަތުތަކާއި ގުޅުވާލަދިނުމަކީ އަޅުގަނޑުމެންނަށްލިބޭ ވަރަށް ބޮޑު އުފަލެއް. ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހަލުވި ސްޕީޑްތަކާއި، ޑޭޓާ ރޯލްއޯވަރ ޚިދުމަތް އެކުލެވޭ މި ޕެކޭޖތަަަކަަކީ މާކެޓްގަައި މިހާރު ހުރި އެންމެ ފުރިހަމަ ޕެކޭޖްތަައް. ކުރިއަށްއޮތްް ތަނުގައިވެސް ދިވެހިންގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަަށް މަންފާވާނެ ފަދަ ޙިދުމަަތްތަަައް ފޯރުކޮށްްްްދިނުމުގަަައި އަަޅުގަނޑުމެން ދެމިތިބޭނެ ކަަަމުގެ ޔަަަގީންކަން އަަރުވަަމެވެ." އުރީދޫގެ ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވިއެވެ.

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން އިން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަރނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ.

މި ބަދަލުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް 5ގުނަ އިތުރު ސްޕީޑާއެކު %100 އާއި ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެންދެއެވެ. މީގެ އިތުރުން ސުޕަރނެޓް ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނަށްވެސް ޑޭޓާ ރޯލް އޯވަރގެ ޙިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާއާއި އެއްވެގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް