އެސްޖެހި ގަނޑުވަރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބެހެއްޓުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފި އެވެ.
މެދުޒިޔާރަތްމަގުގައި ހުކުރު މިސްކިތް ކައިރީގައި ހުންނަ އެސްޖެހި ގަނޑުވަރުގެ އޮނިގަނޑުގައި ހުރި ޒަމާންވީ ލަކުޑީގެ ބާވަތްތަކާއި، އެތަނުގައި ހުރި އެ ނޫން ވެސް ތަކެތި ވިއްކާލަން ވެރިފަރާތުން އިއުލާންކުރުމުން އެ އެއްޗެހި ގަތީ އެޗްޑީސީންނެވެ. އެޗްޑީސީން ބުނީ ތަން ބެހެއްޓުމަށް ނިންމާފައިވަނީ ދެ ވަނަފިޔަވަހީގައި ހަދަމުންދާ ހެރިޓޭޖް ޑިސްޓްރިކްޓުގައި އެެވެ.
އެޗްޑީސީން ކުރި ޓުވީޓެއްގައި ވަނީ ގަނޑުވަރު އެތަނުގައި ބެހެއްޓުމަށް ކުރަމުންދާ މަސައްކަތުގެ ފޮޓޯތައް އާންމުކޮށްފަ އެވެ. އެ ޓުވީޓުގައި ބުނީ އެ ގަނޑުވަރު އަލުން ރޭވުމުގެ މަސައްކަތް ކުރަނީ އަސްލު ނުގެއްލޭނެހެން ރައްކާތެރި ކަމާއި އެކު ކަމަށެވެ.
ރާއްޖޭގެ ތާރީހު ދިރާސާ ކުރެއްވި މަޝްހޫރު ބޭފުޅެއް ކަމަށްވާ އަހުމަދު ޝަފީގް ލިޔުއްވާފައިވާ ގޮތުން އެސްޖެހި ގަނޑުވަރު ބިނާކުރި ކަމަށް ބެލެވެނީ 19 ވަނަ ގަރުނުގެ މެދުތެރޭގަ އެވެ. އެސްޖެހި ގަނޑުވަރުގެ ލަކުޑީގެ މަސައްކަތްތަކުން ދައްކުވައިދެނީ މީގެ ގަރުނެއް ކުރިން ދިވެހިންގެ މަސައްކަތްތެރިކަމާއި ފާޑުވެރިކަން އޮތް ގޮތެވެ.
https://twitter.com/hdcmaldives/status/1513789636279078914
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް