މާޅެންދޫ ސްކޫލް އިމާރާތުގެ މަސައްކަތް ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބުނީ މިއީ ޕީއެސްއައިޕީ 2021 ގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫޢުއެއް ކަމަށެވެ.
މިއީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްގެން 400 ދުވަހުގެ ތެރޭގައި ނިންމުމަށް ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.
މިއީ 21.1 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީ އެވެ.
ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ސައުދުﷲ ހިލްމީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް