މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދޭ ބްރޯޑްކާސްޓިންގ އެވޯޑް އަންނަ އޮގަސްޓްމަހު ބޭއްވުމަށް ނިންމައިފިއެވެ.
ބްރޯޑްކާސްޓިންގ އެވޯޑަކީ ރާއްޖޭގެ ބްރޯޑްކާސްޓް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ބްރޯޑްކޮމްއިން ތައާރަފްކޮށްފައިވާ އެވޯޑެކެވެ.
ބްރޯޑްކޮމުން ބުނީ އެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދޭ އެވޯޑު ދިނުމަށްޓަކައި މިހާރު ދަނީ އޮގަސްޓްމަހުގެ ތެރޭގައި އެ ހަފްލާ ބާއްވަން މަސައްކަތް ކުރަމުން ކަމަށެވެ.
އަދި އެ ކޮމިޝަނުން މިހާރު ވަނީ އެ އެވޯޑް ހަފްލާ އިންތިޒާމުކޮށް ރާވައިދޭނެ ފަރާތެއް ހޯދުމަށާއި މީޑިއާ ކަވަރޭޖް ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފައެވެ.
މީގެ އިތުރުން ބްރޯޑްކޮމުން ބުނީ އެ އެވޯޑާއި ގުޅޭ މައުލޫމާތު ރޯދަ މަސް ނިމުމުން ބްރޯޑްކާސްޓަރުންނާ ހިއްސާކުރާނެކަމަށެވެ.
އަދި އޭގެފަހުން އެވޯޑާއި ގުޅޭ އުސޫލުތައް އާއްމުކުރާނެކަމަށް އެ ބްރޯޑްކޮމުން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް