މިދިޔަ މަހު އެކަނި ވެސް އަރިދަފުސް ރޯގާ ޖެހިގެން 14399 މީހުން ޑޮކްޓަރަށް ދެއްކި!

ނިމިދިޔަ މާރޗް މަހު އެކަނި ވެސް 14399 މީޙުން އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ން ބުނެފި އެވެ. އެޗްޕީއޭއިން ނެރުނު ތަފާސް ހިސާބުތަކުން 143...

12 Apr 2022 | 09:51

ނިމިދިޔަ މާރޗް މަހު އެކަނި ވެސް 14399 މީޙުން އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ން ބުނެފި އެވެ.

އެޗްޕީއޭއިން ނެރުނު ތަފާސް ހިސާބުތަކުން 14399 މީހަކަށް އަރިދަފުސް ރޯގާ ޖެހިފައިވާ އިރު މި އަދަދަކީ ނިމިދިޔަ އަހަރާ އަޅާ ބަލާއިރު ގިނަ އަދަދެއް ނަމަވެސް ފެބްރުއަރީ މަހާ އަޅާ ބަލާ އިރު މިއީ މަދު އަދަދެކެވެ. ފެބްރުއަރީ މަހު އަރިދަފުސް ރޯގާ ޖެހިގެން 16125 މީހުން ވަނީ ފަރުވާ ހޯދާފައެވެ.

ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު މި އަހަރުގެ މިހާތަނަށް ވޭތުވެ ދިޔަ އަހަރާއި އަޅާ ބަލާ އިރު ވަނީ ދާދި އެއްވަރެއްގައެވެ. ނިމިދިޔަ މަހުގައި 26 މިހަކު ޑެންގޫ ޖެހިގެން ރިޕޯޓް ކޮށްފައިވާ އިރު އޭގެ ކުރީ މަހު ޑެންގޫ ޖެހިގެން 24 މިހަކު ވަނީ ރިޕޯޓް ކޮށްފައެވެ.

ބޭރަށް ހިނގުމާއި ހޮޑުލެވޭތީ 2063 މީހުން ވަނީ ރިޕޯޓް ކޮށްފައެވެ. އެއީ ފެބްރުއަރީ މަހާ އަޅާބަލާ އިރު ދަށް އަދަދެކެވެ. ފެބްރުއަރީ މަހުގައި އެކަނި ވެސް 2739 މީހުން ބޭރަށް ހިނގުމާއި ހޮޑުލެވޭތީ ރިޕޯޓްކޮށްފައިވެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުން ދައްކާގޮތުން އިންފްލުއެންޒާ އަށް ވެސް މީހުން ޓެސްޓް ކުރާ އަދަދު ވަނީ އިތުރު ވެފައެވެ. އެގޮތުން މި އަހަރު އެކަނިވެސް އިންފްލުއެންޒާ އަށް 413 މީހުން ވަނީ ޓެސްޓް ކުރެވިފައެވެ. އޭގެ ތެރެއިން ހަތަރު މީހުން ވަނީ ޕްޒްޓްވެފައެވެ. ނިމިދިޔަ މަހު ޓެސްޓް ކުރެވުނު އަދަދު ވަނީ 55 އަށް އަރާފައެވެ. އޭގެ ތެރެއިން އެކެއްވަނީ ޕޮޒިޓިވް ވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް