ބޮލީވުޑްގެ ބަތަލާ ކާޖޮލްގެ ކޮއްކޮ އަދި ބަތަލާ ތަނީޝާ މުޖަރުޖީގެ ފައިތިލަ ދައްކާލުމުން އާންމުން މަލާމާތް ކުރަން ފަށައިފި އެވެ.
ތަނީޝާ ފައިތިލައިގެ ފޮޓޯއެއް ނަގައި އާންމު ކުރީ އިންސްޓަގްރާމްގައި އެވެ. އެ ފޮޓޯގައި ފެންނަނީ އޭނާ ގޮނޑުދޮށެއްގައި ގޮނޑިއެއްގައި ދެފައި ދަމާލައިގެން އޮވެ ފޮޓޯ ނަގާފައި ހުރުމުން ހަމައެކަނި ވެލިކޮޅެއް ހޭކިފައިވާ އޭނާގެ ދެ ފައިތިލަ އެވެ.
އެ ޕޯސްޓުގައި އޭނާގެ މޫނު ފެންނަ ރީތި ފޮޓޯތަކެއް ހިމަނާފައިވީނަމަވެސް ފުރަތަމަ ފެންނަ ފޮޓޯގެ ގޮތުގައި ފައި ފެންނަން އިނުމުން އެ ޕޯސްޓަށް ކޮމެންޓު ކޮށްފައި ހުރި މީހުންނަށް އިތުރު ފޮޓޯއެއް ނުފެންނަ ފަދަ އެވެ.
މަލާމާތް ކުރި ބައެއް މީހުން ބުނީ ބޮލީވުޑް ތަރިން ރީތީ ގަދަޔަށް މޭކަޕުކޮށް ދޮންވާޒާތުގެ އެއްޗެހި މޫނުމަތީގައި ހާކާފައި ހުންނާތީ ކަމަށެވެ. އެމީހުންގެ އަސްލަކީ އެއީ ކަމަށާއި ތަނީޝާގެ ފައި ބަލާލާން ނުކެރޭ ކަމަށެވެ.
މީހަކު ބުނީ ތަނީޝާގެ ފައި ތިލަ ބަލާލަން ޖަހަނީ 80 އަހަރުގެ މީހެއްގެ ފައިތިލައެއް ވައްތަރު ކަމަށެވެ. އަދި ބޮލީވުޑްގެ ފިލްމުތައް ދޭއިރު މޫނަށް ބެލުމުގެ ބަދަލުގައި ފއިތިލަ ރީތި މީހުންނަށްވެސް ބަލަން ޖެހޭ ކަމަށް މީހަކު ބުންޏެވެ.
https://www.instagram.com/p/CYQUeEIK1r8/
ތަނީޝާގެ މި ޕޯސްޓަކީ ދެ މަހެއްހާ ދުވަސް ކުރީގެ ޕޯސްޓަކަށްވިޔަސް އަދިވެސް ދަނީ ވާދަ ވާދައަށް މި ކަމައި ގުޅޭގޮތުން ދެކޮޅަށާއި އެއްކޮޅަށް ވާހަކަ ދައްކަމުންނެވެ. އެއްކޮޅަށް ވާހަކަ ދައްކަނީ މުޅި ޕޯސްޓު ކަމުގޮސްގެން ކޮމެންޓު ކުރާ މީހުންނެވެ.
ކާޖޮލް އަކީ ކާމިޔާބު ފިލްމީ ތަރިއަކަށް ވިޔަސް ތަނީޝާއަށް ބޮލީވުޑްގައި މާބޮޑު ކާމިޔާބެއް ނުހޯދެ އެވެ. އޭނާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ނީލް އެން ނިއްކީ"، "ކޯޑް ނޭމް އަބްދުލް" އަދި "ސަރްކާރް" އާއި "ވަން ޓޫ ތްރީ" ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް