އެޗްޑީސީގެ މުވައްޒަފުންނަށް ހައުސިންގ ސްކީމެއް ފަށަނީ

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފުންނަށް ހައުސިންގ ސްކީމެއް ފެށުމަށް އެކުންފުނިން ނިންމައިފިއެވެ. އެޗްޑީސީން ބުނީ އެކުންފުނީގެ މުވައްޒަފުންނަށް 629 ހައުސިން ޔުނިޓް ދޫކުރަން ނި...

12 Apr 2022 | 08:51

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފުންނަށް ހައުސިންގ ސްކީމެއް ފެށުމަށް އެކުންފުނިން ނިންމައިފިއެވެ.

އެޗްޑީސީން ބުނީ އެކުންފުނީގެ މުވައްޒަފުންނަށް 629 ހައުސިން ޔުނިޓް ދޫކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެޗްޑީސީން ބުނީ 629 ހައުސިން ޔުނިޓްގެ ތެރޭގައި ހިމެނެނީ އިންސްޓޯލްމެންޓް އުސޫލުން ދައްކާ ހަލާސްކުރާ 409 ޔުނިޓާއި ބޭންކް ލޯނުގެ ދަށުން ދޫކުރާ 220 ޔުނިޓްކަމަށެވެ.

އަދި ބޭންކް ލޯނު މެދުވެރިކޮށް ދޫކުރާ ޔުނިޓްތަކަކީ އަމިއްލަ ފަރާތްތަކުން ކުރިޔަށްގެންދާ މިކްސް ރެޒިޑެންޝަލް ޕްރޮޖެކްޓްތަކުން ދޫކުރާ ތަންތަނެވެ.

ހަމަަމިއާއެކު، އެޗްޑީސީއަށް މަހުން މަހަށް ފައިސާ ދައްކައިގެން ހަލާސްކުރާ ތަންތަނަކީ އެ ކުންފުނީގެ ހައުސިން ޕްރޮޖެކްޓްކަމަށް އެޗްޑީސީން ބުނެއެވެ.

މީގެ އިތުރުން އެޗްޑީސީން ބުނީ އެ ކުންފުނީގެ ހައުސިން ޔުނިޓަށް ކުރިމަތިލާ ސްޓާފުންގެ ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ދާއިމީ އަދި ދިވެހި މުވައްޒަފަކަށް ވުމާއެކު، އެޗްޑީސީގެ ވަޒީފާގައި އުޅޭތާ އެއް އަހަރުވެފައިވުމާއެކު، އެއް އަހަރަށްވުރެ ދިގު ނޯ ޕޭ ލީވްއެއްގައި ހުރި މުވައްޒަފަކަށް ނުވުން ހިމެނެއެވެ.

އަދި މީގެ ކުރިން އެފަދަ ސްކީމަކުން ފްލެޓް ލިބިފައިވާނަމަ އެ ފްލެޓް އެޗްޑީސީއަށް ދޫކުރަން އެއްބަސްވުން، ވަޒީފާގެ އިންޒާރު ލިޔުމުން ދީފައިވާ މުވައްޒަފެއްނަމަ އެ އިންޒާރަށް ތިން އަހަރުވެފައިވުން، އެޗްޑީސީގެ 12 ރެޒިޑެންސް ޕްރޮޖެކްޓުން ފްލެޓް ލިބިގައިވާ މުވައްޒަފަކަށް ނުވުން ހިމެނެއެވެ.

އެޗްޑީސީން ސްޓާފުންނަށް ދޭ ސްޓެންޑާޑް ހައުސިން ޔުނިޓްތަކުގެ އަގުތައް އުޅެނީ 1.04 މިލިއަނާއި 2.3 މިލިއަނާ ދެމެދުގައެވެ.

އެކުންފުނިން ބުނީ މުވައްޒަފުންނަށް ހައުސިން ޔުނިޓް ދިނުމުގައި މާލީ ގާބިލުކަން ހުރި މިންވަރު ވަޒަންކޮށް، އެފަދަ ގާބިލުކަމެއް ނެތްނަމަ އެ މުވައްޒަފަކަށް އެ ފުރުސަތެއް ނުލިބޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް