ބީއެމްއެލް ރިވާޑްސްއަށް ރަޖިސްޓްރީކޮށްގެން 10،000 ޕޮއިންޓް

"ީއެމްއެލްގެ ކްރެޑިޓް ކާޑުން ކުރާ ކޮންމެ ވިޔަފާރިއަކަށްވެސް ޕޮއިންޓް ލިބޭ ގޮތަށް ބޭންކުން ތައާރަފްކުރި ރިވާޑްސް ޕްރޮގްރާމަށް އަލަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު ކޮންމެ ކަސްޓަމަރަކަށްވެސް އެބައޮތް ކަމަށ...

12 Apr 2022 | 07:56

"ީއެމްއެލްގެ ކްރެޑިޓް ކާޑުން ކުރާ ކޮންމެ ވިޔަފާރިއަކަށްވެސް ޕޮއިންޓް ލިބޭ ގޮތަށް ބޭންކުން ތައާރަފްކުރި ރިވާޑްސް ޕްރޮގްރާމަށް އަލަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު ކޮންމެ ކަސްޓަމަރަކަށްވެސް އެބައޮތް ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.

ބީއެމްއިލް އިންބުނީ 10،000 ޕޮއިންޓް ލިބޭ ޕްރޮމޯޝަނުގެ މުއްދަތު މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެ ކަމަށެވެ.

'ބީއެމްއެލް ރިވާޑްސް' ޕްރޮގްރާމްގެ ދަށުން ކްރެޑިޓް ކާޑު ބޭނުންކޮށްގެން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ލިބޭ ޕޮއިންޓް ބޭނުންކޮށްގެން އެއާލައިނުން ޓިކެޓު ނެގުމާއި ހޮޓެލް ބުކް ކުރުމާއި ކާރު ކުއްޔަށް ނެގުމާއި މަޝްހޫރު ބްރޭންޑްތަކުގެ ގިފްޓްކާޑުވެސް ގަނެވޭނެއެވެ. މި ގޮތުން އެމޭޒަން، އެޕްސްޓޯ، އައިޓިއުންސް، ގޫގުލް ޕްލޭ، ޕްލޭސްޓޭޝަން ފަދަ މަގުބޫލު ބްރޭންޑްތަކުގެ ގިފްޓް ކާޑު ގަތުމުގެ ފުރުސަތުވެސް ލިބިގެންދެއެވެ.

މި ޕްރޮމޯޝަނާއި ގުޅޭގޮތުން ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސަޢީދު ވިދާޅުވީ ބީއެމްއެލްގެ ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް ރިވާޑްސް ޕްރޮގްރާމާ ގުޅޭ މައުލޫމާތު އީމެއިލް މެދުވެރިކޮށް ފޮނުވަމުންދާ ކަމަށެވެ. ބީއެމްއެލް އިން ދޫކޮށްފައިވާ ކޮންމެ ކްރެޑިޓް ކާޑެއް ބޭނުންކުރާ ކަސްޓަމަރަކަށް ވެސް މި ޕްރޮގްރާމުގައި ވަރަށް ފަސޭހައިން ރަޖިސްޓްރީ ކުރެއްވޭނެ ކަމަށް ވިދާޅުވި އެވެ.

މި ލިންކް މެދުވެރިކޮށް ކޮންމެ ކްރެޑިޓް ކާޑު ކަސްޓަމަރަކަށް ރަޖިސްޓްރީކޮށްލެވޭނެއެވެ.

ބީއެމްއެލް ރިވާޑްސް އަކީ ދުނިޔޭގެ 55 ގައުމެއްގައި ލޯޔަލްޓީ ޕްރޮގްރާމް ހިންގާ ""ގިފްޓް"" އާ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.

މިއީ ރާއްޖޭގައި ތައާރަފުކުރި މިފަދަ ފުރަތަމަ ޕްރޮގްރާމެވެ. ބީއެމްއެލް ރިވާޑްސް އާ ގުޅޭ މައުލޫމާތު ބޭންކުގެ ވެބްސައިޓް އިން ލިބޭނެއެވެ."

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް