ސީރިއާ އިން ގެނައި ދިވެހި އާއިލާ އިތުރު އަށް މަހަށް ބަންދަށް

މިދިޔަ މަހު ސީރިއާއިން ރާއްޖެ ގެނައި ދިވެހި އާއިލާ އިތުރު އަށް މަސް ދުވަހަށް ކ. ހިންމަފުށީ ރީއިންޓެގްރޭޝަން ސެންޓަރުގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަުމުރު ކޮށްފި އެވެ. 33 އަހަރުގެ އަންހެއްގެ އި...

12 Apr 2022 | 07:53

މިދިޔަ މަހު ސީރިއާއިން ރާއްޖެ ގެނައި ދިވެހި އާއިލާ އިތުރު އަށް މަސް ދުވަހަށް ކ. ހިންމަފުށީ ރީއިންޓެގްރޭޝަން ސެންޓަރުގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަުމުރު ކޮށްފި އެވެ.

33 އަހަރުގެ އަންހެއްގެ އިތުރުން އޭނާގެ 18 އަހަރު ނުފުރޭ ހަތަރު ކުދިން ހިމެނޭ އެ އާއިލާ ރާއްޖެ ގެނައި މިދިޔަ މަހުގެ 11 ގަ އެވެ. އޭގެ ތެރެއިން ދެ ކުދިން ވިހާފައިވަނީ ރާއްޖެއިން ބޭރުގައި އެވެ.

އެ ދެ ކުދިންނަށް މިހާރު ވަނީ ދިވެހި ރަށްވެހިކަން ދީފަ އެވެ. ދިވެހިންގެ ގޮތުގައި އެ ކުދިން ބަލައިގެންފަ ވަނީ އަންހެން މީހާގެ ދަރިންތޯ ދެނެގަތުމަށް ޑީއެންއޭ ޓެސްޓު ހެދުމަށް ފަހު ކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެ އެވެ.

މި އަންހެން މީހާ އަކީ ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވާ އަންހެންނެކެވެ.

މީނާ ބަންދަށް ލާފާއިވާނީ އެއްވެސް އިއުތިރާޒެއް ނެތްކަމަށް އަންހެން މީހާ ކޯޓުން އެއްބަސްވެފައިވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް