ހިޔާ ފުލެޓްގެ މަސައްކަތް ނިންމާނެ ކަމަށް ބުނެ ފައިސާ އަތުލާ ހިޔާނާތްތެރިވާ މައްސަލް މަޖިލީހުން ބޭރުކޮށްފި

ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތް ނިންމަން ފައިސާ ނަގައި، މަސައްކަތް ނުނިންމާ ކުންދުނިތަކުން ހިޔާނާތްތެރިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ. ކުއްލި މައްސަލައެއްގެ ގޮތުގައި މި ...

12 Apr 2022 | 06:40

ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތް ނިންމަން ފައިސާ ނަގައި، މަސައްކަތް ނުނިންމާ ކުންދުނިތަކުން ހިޔާނާތްތެރިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.

ކުއްލި މައްސަލައެއްގެ ގޮތުގައި މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ.

އާދަމް ޝަރީފް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ ފްލެޓް ލިބުނު މީހުން ދަރަންޏަށާއި އެހެނިހެން ގޮތް ގޮތުން ތަކެއްޗާއި ފައިސާ ހޯދައިގެން ކުންފުނިތަކާއި ހަވާލު ކުރުމުން ކުންފުނިތަކުން ފައިސާ އަށް ހިޔާނަތްތެރިވުމުން ފްލެޓް ލިބުނު މީހުންނަށް ފޫނުބެއްދޭ ވަރުގެ ދަތިތަކާއި އުނދަގޫތައް ކުރިމަތިވެފައިވާ ކަމަށެވެ.

ބަހުސް ކުރަން ވޯޓެއްނަގާ މަޖިލީހުން މި މައްސަލަ ފާސްނުވާ ކަމަށް ނިންމާ ބޭރު ކޮށްލީ 29 މެންބަރުން ގެ ވޯޓުންނެވެ. މި މައްސަލަ ކުރިޔަށް ގެންދަން ވޯޓު ދިނީ އެންމެ ހަ މެންބަރުންނެވެ.

މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ އެމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ފިނިޝިން ނިންމާ ކުންފުނިތަކުގެ ނަމުގައި ބައެއް ފަރާތްތަކުން ފްލެޓް ލިބުނު މީހުންނަށް އޮޅުވާލުމާއި މަކަރު ހެދުން އިތުރުވަމުން ދާތީ އާއި މަސައްކަތް ނުނިންމާ، އަދި މަސައްކަތް ނިންމަން ނެގި ފައިސާ ކުންފުނިތަކުން އަނބުރާ ނުދޭ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް