ލައިސަންސް ނެގުމުގެ ކުރިން ޑްރައިވިން ސްކޫލެއްގައި ދުއްވަން ޖެހޭ ގަވައިދު އުވާލައިފި

އެއްގަމު އުޅަނދު ދުއްވުމަށް ލައިންސަންސް ނެގުމުގެ ކުރިން ވަކި ވަގުތެއް ވަންދެން ޓްރޭނިން ސްކޫލެއްގައި ދުއްވަން ޖެހޭ ގޮތައް ގެނެވުނު ގަވައިދަށް ޓްރާންސްޕޯޓް މިނިސްޓްރީން އުވާލައިފިއެވެ. ޓްރާންސްޕޯޓް މި...

12 Apr 2022 | 06:33

އެއްގަމު އުޅަނދު ދުއްވުމަށް ލައިންސަންސް ނެގުމުގެ ކުރިން ވަކި ވަގުތެއް ވަންދެން ޓްރޭނިން ސްކޫލެއްގައި ދުއްވަން ޖެހޭ ގޮތައް ގެނެވުނު ގަވައިދަށް ޓްރާންސްޕޯޓް މިނިސްޓްރީން އުވާލައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މީގެ ކުރިން އާންމު ކުރެވިފައިވާ ގަވާއިދުގައި ވާ ގޮތުން  ލައިސަންސް ނެގުމުގައި ޑްރައިވިންގ ސްކޫލް ހިންގުމާއި ޑްރައިވިންގ އިންސްޓްރަކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ގަވައިދު ބުނާ ގޮތުން އެއްގަމު އުޅަނދު ދުއްވަން ދަސްކުރުމުގެ ގޮތުން އުޅަނދު ދުއްވުމުގެ ޢަމަލީ ތަމްރީނުގައި، ކޮންމެ ބާވަތެއްގެ އުޅަނދެއް ދުއްވަން ވެސް ވަކި ވަގުތެއްގެ ތަމްރީނެއް ޓްރޭނިން ސްކޫލެއްގައި ހަދަން ޖެހެއެވެ.

ނަމަވެސް މިހާރު ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކުރިން އޮތް ގަވައިދު އުވާލާފައެވެ.

ޑްރައިވިސ ސްކޫލެއްގައި ދުވަން ޖެހޭ އިސްލާހު އުވާލާފައިވާ އިރު އެއްގަމު އުޅަނދު ދުއްވަން ދަސްކޮށްދޭ ތަންތަނުގައި މަސައްކަތް ކުރާ އިންސްޓްރަކްޓަރުން ފުރިހަމަ ކުރަން ޖެހޭ ތަމްރީންތަކާއި، އިންސްޓްރަކްޓަރުން ހޮވުމުގައި ބަލަން ޖެހޭ މިންގަނޑުތަކަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ލުއިތަކެއް ދީފައެވެ.

ޑްރައިވިންގ ސްކޫލް ހިންގުމާއި ޑްރައިވިންގ އިންސްޓްރަކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ގަވައިދަށް އަލަށް ގެނައި އިސްލާހު ބުނާ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ޑްރައިވިންގ އިންސްޓްރަކްޓަރުންނަށް އަމާޒުކޮށްގެން ހިންގާ ތަމްރީނު ޕްރޮގްރާމެއް، ކޮންމެ ޑްރައިވިންގ އިންސްޓްރަކްޓަރަކު ފުރިހަމަކުރަންވާނެ ކަމަށް އޮތް މާއްދާއަށް އަމަލު ކުރުން ވަނީ ދެމަސް ދުވަސް ފަސްކޮށްފައެވެ.

މީގެއިތުރުން ޑްރައިވިންގ އިންސްޓްރަކްޓަރުންނަށް އަމާޒުކޮށްގެން ހިންގާ ތަމްރީނު ޕްރޮގްރާމުގައި، މަދުވެގެން ހަ ގަޑިއިރު ހޭދަކުރަންވާނެ ކަމަށާއި ޑްރައިވިންގ އިންސްޓްރަކްޓަރުން އިމްތިޙާނު ކުރުމަށް ހިންގާ ތަމްރީނު ޕްރޮގްރާމުގައި، ތިއަރީއާއި ޕްރެކްޓިކަލް ޓެސްޓެއް ހިމަނަންވާނެ ކަމަށް އޮންނަ މާއްދާ އަށް އަމަލު ކުރުން ވެސް މިހާރު ވަނީ ދެމަސް ދުވަސް ފަސްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް