ފުވައްމުލަކު އެއާޕޯޓްގެ ރަންވޭ ބޮޑުކުރަން ނިންމާފައިވާތީ އެކަމާ ގުޅޭ މަޝްވަރާތައް މިހާރު ކަމާ ބެހޭ ފަރާތްތަކާ އެކީ ކުރިއަށްދާ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެފި އެވެ.
އެކައުންސިލުން ބުނީ ރަންވޭ ބޮޑުކުރުމާ ބެހޭ ގޮތުން އިއްޔެ ގައުމީ އެއާލައިން "މޯލްޑިވިއަން" އޮޕަރޭޓްކުރާ އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އާ އެކު ވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ.
މި މަޝްވަރާ ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް އަދި އެކައުންސިލުން ހާމައެއް ނުކުރެއެވެ.
ފުވައްމުލަކު އެއާޕޯޓަކީ ކުއްލި ގޮތަކަށް 2011 ވަނަ އަހަރުގެ އައްޑޫ ގައި އޮތް ސާކްސަމިޓައް ހެދި އެއާޕޯޓެކެވެ. މިއީ މިހާރު 1،100 މީޓަރު (3،069 ފޫޓް) ގެ ރަންވޭ އެކެވެ.
ފުވައްމުލަކު އެއާޕޯޓު ބޮޑޫ ކުރެވެން އޮތް ގޮތްތަކެއް ބައްލަވަމުންދާ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހާމަކުރެއްވީ މިދިޔަ މަހު ފަހުކޮޅު އެ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް