ދިޓީވީގެ ކުރީގެ ސީއީއޯ މިދުހަތު އާދަމަށް ރައީސް އޮފީހުގެ ޑިރެކްޓަރުކަން ދީފި އެވެ.
މިކަން ރައީސް އޮފީހުން ވަނީ ކަށަވަރުކޮށްދެއްވާފައި އެވެ. މައުލޫމާތު ލިބޭގޮތުގައި މިދުހަތު ވަޒީފާއަށް ނުކުންނަވަން ފަށާފައިވަނީ އިއްޔެ އެވެ. މިދުހަތަކީ ދިޓީވީގައި އެންމެ ފަހުން ސީއީއޯގެ މަގާމު އަދާކުރެއްވި ބޭފުޅާ އެވެ.
ދިޓިވީ އާއި ދިއެފްއެމްގެ ހިދުމަތް ހުއްޓާލީ ދެ ތަނުގެ މުވައްޒަފުންނަށް ތިން މަހުގެ ނޯޓިސް ދިނުމަށް ފަހު މިދިޔަ އަހަރުގެ އޯގަސްޓް މަހު އެވެ. ހުއްޓާލަމުން ބުނެފައިވަނީ ކުންފުނީގެ މާލީހާލަތު ދަށްކަމުން ހިންގެތް ނެތީ ކަމަށެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ މެޖޯރިޓީ ޝެއާ އޮންނަ ބްރޯޑްކާސްޓިން މޯލްޑިވްސް އަދި މޯލްޑިވްސް މީޑިއާ ކޮމްޕެނީން ދިޓީވީގެ ހިދުމަތް ރާއްޖެއަށް ދޭން ފެށީ ޖުލައި 1، 2008 ވަނަ އަހަރުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް